03 ޖުލައި 2024
ސްރީ ލަންކާއިން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށް، ފައިސާ ދެއްކުމުގެ ޝެޑިއުލް ދިގުކޮށްގެން ފަސް ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާއިން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށް، ފައިސާ ދެއްކުމުގެ ޝެޑިއުލް ދިގުކޮށްގެން ފަސް ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ހެދި އެއްބަސްވުމުން 2028 ވަނަ އަހަރާ ހަމައަށް ދަރަނި މަޑުޖައްސާލައި، ލޯނުތަކުގެ މުއްދަތު އަށް އަހަރަށް އިތުރުކޮށް، އިންޓަރެސްޓް ރޭޓް އެވްރެޖްކޮށް 2.1 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް ރައީސް ރަނިލް ވިދާޅުވި އެވެ.
ލަންކާގެ އެންމެ ބޮޑު ކްރެޑިޓަރު ކަމަށްވާ ޗައިނާއިން ލޯނުތައް ކުޑަކޮށްދޭން އެއްބަސް ނުވި ނަމަވެސް އެއްބަސްވި ޝަރުތުތަކުގެ ސަބަބުން ލަންކާއަށް ފައިދާވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ. ޗައިނާއިން ލަންކާއަށް ނަގާފައިވާ ބައެއް ލޯނުތަކުގެ އިންޓްރަސްޓް ރޭޓް 8 ޕަސެންޓުގައި ހުރި ނަމަވެސް ދެ ވަނަ އަށް އެންމެ ގިނަ ލޯނު ދީފައިވާ ޖަޕާނުގެ ލޯނުތައް ހުރީ 1 ޕަސެންޓަށް ވުރެ ކުޑަ އިސްޓްރެސްޓެއްގަ އެވެ.
ލަންކާއިން އެހެން ގައުމުތަކުން ދަރަންޏަށް ނަގާފައިވާ 10.58 ބިލިއަން ޑޮލަރުގެ ތެރެއިން 4.66 ބިލިއަން ޑޮލަރަކީ ޗައިނާގެ ލޯނެވެ. މީގެ އިތުރުން ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން 2.18 ބިލިއަން ޑޮލަރު ހިމެނޭ ގޮތަށް ވިޔަފާރި ލޯނުގެ އިތުރު 14.7 ބިލިއަން ޑޮލަރުގެ ރީސްޓްރަކްޗާ ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރަނިލް ވިދާޅުވި އެވެ.
ލަންކާއަށް 2022 ވަނަ އަހަރު ބޭރުގެ ލޯނުތައް ނުދެއްކި، އެތައް މަހެއް ވަންދެން ކާބޯތަކެއްޗާއި ތެލާއި ބޭސް ނުގަނެވި ކާރިސާއަކާ ކުރިމަތިވި އެވެ. މިހާރު މި ދަރަނި އަލުން އެކުލަވާލުމުން ލަންކާގެ އިގްތިސާދަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ލަންކާގެ އިގްތިސާދީ ހާލަތު 2022 ވަނަ އަހަރު އެންމެ ގޯސްވި އިރު އާންމުން ރުޅިގަދަވެ ރައީސްގެ ރަސްމީ ގެކޮޅަށް ވަދެ ހިންގި ބޮޑެތި ހަމަނުޖެހުންތަކާ އެކު އޭރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތެވެ.
ރަނިލް ވިދާޅުވީ އޭނާ ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ގައުމު ބަނގުރޫޓުވެފައިވާ ކަމަށާއި މިދިޔަ އަހަރު އޭނާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހޯއްދެވި ހޯއްދެވި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓަށް ފަހު ލަންކާއިން ދެން އަލުން އެ ހިސާބަށް ދާން ނުޖެހޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ލޯނުތައް އަލުން އެކުލަވައިލުމަކީ އައިއެމްއެފުން އެހީވުމުގެ ޝަރުތެކެވެ. -- އޭއެފްޕީ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ކާބޯތަކެތީގެ އަގު ލަންކާގައި އަނެއްކާވެސް މައްޗަށް
ޗައިނާއިން ވެސް ލަންކާގެ 4 ބިލިއަނުގެ ލޯނަށް ލުޔެއް
ލަންކާގެ 5.8 ބިލިއަނުގެ ދަރަނި ރީސްޓްރަކްޗާކޮށްފި
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ލަންކާގެ ލޯނުތަކެއް 2028 ގެ ނިޔަލަށް ފަސްކޮށްދެނީ
ލަންކާގެ އިގްތިސާދު އެބަ ރަނގަޅުވޭ: ވޯލްޑް ބޭންކް