09 ޖުލައި 2024
ސްރީ ލަންކާއިން ވިއްކާފައިވާ 12.5 ބިލިއަން ޑޮލަރުގެ ސަވަރިން ބޮންޑުގެ ދައްކަންޖެހޭ ފައިސާއިން 28 ޕަސެންޓް އުނިކޮށްދޭން ޕްރައިވެޓް ކްރެޑިޓަރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ސްރީ ލަންކާއިން ވިއްކާފައިވާ 12.5 ބިލިއަން ޑޮލަރުގެ ސަވަރިން ބޮންޑުގެ ދައްކަންޖެހޭ ފައިސާއިން 28 ޕަސެންޓް އުނިކޮށްދޭން ޕްރައިވެޓް ކްރެޑިޓަރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ބޭރުގެ ދަރަނި ނުދެއްކި 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ބަނގުރޫޓުވި ލަންކާއިން ބޮންޑު ހޯލްޑަރުންނަށް ދައްކަންޖެހޭ ފައިސާ އާއި އިންޓްރަސްޓުން 28 ޕަސެންޓް ކުޑަކޮށްދޭން ނިންމާފައި މި ވަނީ އެ ގައުމުގެ ދަރަނި އަލުން އެކުލަވާލުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކޮށްފައިވާ ޝަރުތުތައް ފުރިހަމަކުރުމުގެ ގޮތުންނެވެ.
އިގްތިސާދު އިނދަޖެހުމުން ލަންކާއިން ވަނީ އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ނަގައިފަ އެވެ.
ލަންކާއިން ބުނީ ބޮންޑުތަކަށް ދައްކަންޖެހޭ ފައިސާއިން ބައެއް މާފުކޮށްދޭން ބޮންޑު ހޯލްޑަރުން އެއްބަސްވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ދެ ދުވަހުގެ މަޝްވަރާތަކުގައި ކަމަށެވެ.
އަމިއްލަ ކްރެޑިޓަރުންނާ އެކު އެންމެ ފަހުން ވެފައިވާ އެއްބަސްވުން އިއުލާން ކުރީ ލަންޑަން ސްޓޮކް އެކްސްޗޭންޖުގައި ކަމަށްވާއިރު، ބޮންޑު ހޯލްޑަރުން ވަނީ 12.5 ބިލިއަން ޑޮލަރުގެ ތެރެއިން 4.4 ބިލިއަން ޑޮލަރު ލިސްޓްކޮށްފަ އެވެ.
ބުރާސްފަތި ދުވަހު އިއުލާންކުރި އެއްބަސްވުމުގެ ދަށުން ލަންކާ ސަރުކާރުން ވަނީ ބޮންޑް ހޯލްޑަރުންނަށް 225 މިލިއަން ޑޮލަރު އެޑްވާންސްކޮށް ދޭން ނިންމައިފަ އެވެ.
ޗައިނާ ޑިވެލޮޕްމަންޓް ބޭންކަށް ލަންކާއިން 2.18 ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އެ ދަރަނި ވެސް މި އެއްބަސްވުމާ އެއްގޮތަށް އަލުން އެކުލަވާލި ކަމެއް ސާފެއް ނޫނެވެ.
ލަންކާއިން މިދިޔަ ހަފްތާގައި ވަނީ އެ ގައުމަށް އެންމެ ގިނަ ލޯނު ދީފައިވާ ޗައިނާ އާއި އެހެން ގައުމުތަކާ އެކު އެއްބަސްވުންތައް ހަދައި 10 ބިލިއަން ޑޮލަރުގެ ލޯނު ވެސް އަލުން އެކުލަވާލައި، ފައިސާ ދެއްކުމުގެ މުއްދަތު ދަންމާލައިފަ އެވެ.
މި އެއްބަސްވުންތަކާ އެކު ލަންކާގެ އިގްތިސާދަށް ދިރުން އަންނަން ފަށާނެ ކަމަށް ވަނީ ބެލެވިފަ އެވެ. -- އޭއެފްޕީ
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ
ކާބޯތަކެތީގެ އަގު ލަންކާގައި އަނެއްކާވެސް މައްޗަށް
ޗައިނާއިން ވެސް ލަންކާގެ 4 ބިލިއަނުގެ ލޯނަށް ލުޔެއް
ލަންކާގެ 5.8 ބިލިއަނުގެ ދަރަނި ރީސްޓްރަކްޗާކޮށްފި
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ލަންކާގެ ލޯނުތަކެއް 2028 ގެ ނިޔަލަށް ފަސްކޮށްދެނީ
ލަންކާގެ އިގްތިސާދު އެބަ ރަނގަޅުވޭ: ވޯލްޑް ބޭންކް