ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.
28 މާޗް 2025
ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.
"ސްރީލަންކާ ގާޑިއަން" ނޫހުގައި އިއްޔެ އާއްމުކުރި ރިޕޯޓެއްގައި ބުނީ އޭޕްރީލް 21، 2019 ގައި އީސްޓާ ހަމަލާ ދިންއިރު 8،000 އަށް ވުރެ ދިވެހި ދިވެހިން އެ ގައުމުގައި ދިރިއުޅުނު ކަމަށެވެ. ނަމަވެސް، އެ އަދަދު މަދުވަމުން ގޮސް، ލަންކާގައި މިހާރު ތިބީ 1،280 ދިވެހިން ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ދިވެހި ސަރުކާރުގެ އިތުބާރު ހުރި އޮފިޝަލަކާ ހަވާލާދީ، އެ ނޫހުން ބުނީ ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ދިވެހިންނާ މެދު އަމަލުކުރާ ގޮތުން އެ ގައުމުގައި ދިރިއުޅެން އަދި ވަޒީފާ އަދާކުރަން ބޭނުންވާ ދިވެހިންގެ އަދަދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.
އެހެންވެ، ލަންކާ ދޫކޮށް އިންޑިއާ އާއި މެލޭޝިއާ އަދި އެހެން ގައުމުތަކަށް ދިވެހިން ދިރިއުޅުން ބަދަލުކުރަން މަގުފަހިވާ ކަމަށް ބުންޏެވެ.
އެއް ޒަމާނެއްގައި އެކުވެރި، މަޖާ މާހައުލެއް އޮތަސް ލަންކާގެ އިދާރާތަކުން ދިވެހިންނާ މެދު ކަންކުރާ ބީރައްޓެހި އުސޫލުގެ ސަބަބުން އެ މާހައުލަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނާ ގޮތުން، ލަންކާ އަށް ދިރިއުޅުން ބަދަލުކުރާ މީހުން މަދުވި މައިގަނޑު އެއް ސަބަބަކީ ވިސާ ޕޮލިސީ އަށް ގެނައި ބަދަލުތަކެވެ. މީގެ ކުރިން އަހަރަކު، އެތައް ފަހަރަކު އެތެރެވެވޭ ގޮތަށް ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބެ އެވެ. އެކަމަކު، ލަންކާގެ ސަރުކާރުން ވަނީ އެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފަ އެވެ.
"ވިސާގެ ކަންކަމުގައި ސްރީލަންކާ އިން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަން ވަނީ އުފެފައި،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ހުރި އޮފިޝަލަކު ވިދާޅުވި ކަމަށް، އެ ނޫހުގައި ބުނީ ސްރީ ލަންކާގެ ރައީސް އަނޫރާ ޑިސަަނަޔަކެ އަދި އެ ގައުމުގެ އެހެން ލީޑަރުންގެ ފަރާތުން އެ އުސޫލުގައި ކަންބޮޑުވުންތައް ހުރި ކަމަށް ގަބޫލުކުރެއްވިއަސް ލަންކާގެ ސަރުކާރުން އަދިވެސް އެ ސިޔާސަތު މުރާޖައާ ކޮށްފައެއް ނުވެއެވެ.
"އަހަރެމެންނަށް ބުލީކުރުން ހައްގުވާ ކަމަކަށް ނުދެކެން،" ދިވެހި އޮފިޝަލް ވިދާޅުވި އެވެ.
ސްރީ ލަންކާގެ ހާލަތު ވަރަށް ފަރުވާތެރިކަމާއެކު މޮނިޓާކޮށް، ޕްރޮއެކްޓިވް ފިޔަވަޅު އަޅަން ޖެހޭ. އިގުތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ދުޅަހެޔޮ ގުޅުމަކުން ލިބޭ ފައިދާތަކަށް އިހުމާލުވުމަކީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް: ދިވެހި އޮފިޝަލް
އެ އޮފިޝަލް ވިދާޅުވީ، ރާއްޖެއަކީ ސްރީ ލަންކާގެ އިގުތިސާދުގައި ވަރަށް ޒަމާންވީ ދުވަސްވީ ބައިވެރިއެއް ކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުން ފޮނުވާ ފައިސާގެ ސަބަބުން އެ ގައުމުގެ އިގުތިސާދަށް ފައިދާ ކުރާ ކަމަށެވެ.
"އޮސްޓްރޭލިއާގައި ދިރިއުޅޭ ސްރީ ލަންކާގެ ރައްޔިތުންނަށް ވުރެ ދިވެހީންގެ މާލީ އެހީތެރިކަން އިތުރުވެ، މި ގުޅުމުގެ މުހިންމުކަން ހާމަވެގެން ދޭ. އެކަމަކު، ލަންކާ އިން ރާއްޖެއާ މެދު ގެންގުޅޭ ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ދެ ގައުމަށް ވެސް ފުރުސަތުތައް ގެއްލިދާނެ ކަމުގެ އިންޒާރު އެ ފަރާތުން ވަނީ ދީފަ އެވެ،" ނޫހުގައިވެ އެވެ.
މި މައްސަލަ އިތުރަށް ގޯސްކުރުމަށް ސްރީ ލަންކާއިން ރާއްޖެ ދެކެނީ "ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވުން އޮތް ގައުމެއް" ގެ ގޮތުގައި ކަމަށް ވާތީ، ރާއްޖެ އިން ވާހަކަ ދެއްކެވި އޮފިޝަލު ވަނީ ދެ ގައުމުގެ ދެމެދުގައި ޒަމާންވީ ގުޅުމެއް އޮތުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ތަމަޅަ ޓައިގަރުން ދޭން އުޅުނު ހަމަލާއާ ގުޅިގެން ސްރީ ލަންކާ އެއާލައިންގެ ދަތުރުތައް ޔޫރަޕުން މަނާކުރިއިރު، އެ އެއާލައިނުން ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމުގައި ވެސް ރާއްޖެ އިން ބޮޑު އެހީތެރިކަމެއް ދީފައި ކަމަށް ބުންޏެވެ.
ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ބަޔަކާ ގުޅިގެން 1988 ގައި ދިން ހަމަލާއަށް ފަހު ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ރާއްޖޭގެ އޮފިޝަލާ ހަވާލާދީ ސްރީލަންކާ ގާޑިއަން ނޫހުގައި ވެ އެވެ.
"ސަލާމަތީ ކަންބޮޑުވުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ގިންތިކުރުން އެއީ އޭގެ ނޭދެވޭ ކަމެއްގެ ގޮތުގައި ދެކެނީ،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ އޮފިޝަލް ވިދާޅުވިގޮތުގައި، ދެ ގައުމުގެ ގުޅުން ގޯސް ނުވަނީސް އެ ފިޔަވަޅުތައް ލުއިކުރަންޖެހެ އެވެ.
"ސްރީ ލަންކާގެ ހާލަތު ވަރަށް ފަރުވާތެރިކަމާއެކު މޮނިޓާކޮށް، ޕްރޮއެކްޓިވް ފިޔަވަޅު އަޅަން ޖެހޭ. އިގުތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ދުޅަހެޔޮ ގުޅުމަކުން ލިބޭ ފައިދާތަކަށް އިހުމާލުވުމަކީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.
ގާޑިއަންގެ އެ ރިޕޯޓުގައި އެ ގައުމުގެ ސަރުކާރުގެ ބަހެއް ގެނެސްފައެއް ނުވެ އެވެ.
ރައީސް، ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި
ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
މަސްއޫދު، ސަފީރުކަމުގެ ފަތްކޮޅު ރަނިލްއަށް އަރުވައިފި
ޝާހިދު، ލަންކާގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކޮށްފި
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަ ރާއްޖޭގައި
ލަންކާގައި ވިސާ ނެތް ދިވެހިންނަށް އަދި ހައްލެއް ނުލިބޭ
ލަންކާ އެމްބަސީ ކައިރީގައި ފުލުހުން ފޯރިމަރަން ފަށައިފި