ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ގުޅިއަށް މިއަދު ވަޑައިގެންފި އެވެ.
05 ޖެނުއަރީ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ގުޅިއަށް މިއަދު ވަޑައިގެންފި އެވެ.
ހަވީރެއްހާއިރު އެމަނިކުފާނު ގުޅިއަށް ވަޑައިގަތުމުން ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ދެންނެވި އެވެ.
އެއް ދުވަހަށް ކުރައްވާ މި ދަތުރުފުޅަކީ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މިދިޔަ އަހަރު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގުޅި ކައުންސިލާ މިހާތަނަށް ބައްދަލުނުކުރެއްވި އޮތުމުން ކުރައްވާ ދަތުރުފުޅެކެވެ.
ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ރައީސް ވަނީ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރެއްވި އެވެ.
މިއީ މިއަހަރުގެ ތެރޭގައި ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ.
"ގުޅީގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދޭނަން"
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަނީ
ރަށުގެ ބޮޑުމިނަށް ބަލައިގެން ބްލޮކް ގްރާންޓު ދޫކުރަނީ
އަންހެނުންގެ ކޮމިޓީގެ ބަޖެޓް ބޮޑުކުރަން ނިންމައިފި
ގާނޫނު އިސްލާހުކުރުމުން ހައްގުތަކެއް ގެއްލޭ: މޭޔަރު
އަތޮޅުކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރަނީ
"އިސްލާހު ގެނައީ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރާތީ"
ކައުންސިލްއިމާރާތް އަޅަން 631 މިލިއަނަށް އާރުސީސީއަށް
ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ބިލް ތަސްދީގުކޮށްފި
ކައުންސިލްގެ ދަތުރުތައް ބޭކާރު ނޫން ކަމަށް ބުނެ ރައްދު