އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހު ނަގަން ބޭނުންފުޅުވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހު ނަގަން ބޭނުންފުޅުވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސްގެ ޕޮޑްކާސްޓް ޝޯގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދިފައިވާ ގޮތަށް ބަދަލު ގެންނަން އައްޑޫ މީހުން ބޭނުންވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫމީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނިގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫމީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،"--- ރައީސް
އެ ވޯޓުގައި އަހާނީ ރައީސް ވިދާޅުވި ގޮތުގައި އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އެވެ.
"އައްޑޫ ފޭދޫ ކައުންސިލް ގޮތަށް ވާންތޯ ނޫނީ މިހާރު އޮތް ގޮތަށްތޯ؟ ނަމުގެ ކުރިއަށް އައްޑޫ މިލަނީ، އަޅުގަނޑު ބޭނުމެއް ނޫން ދެން އަންނަ ބަދަލެއްގައި އައްޑޫ އެ ނަން އުނިވެގެންދާކަށް. އެހެންވީމާ އައްޑޫ މަރަދޫ، އައްޑޫ މަރަދޫފޭދޫ، މިއިން ކޮންމެ ތަނެއްގައި ވަކިން ކައުންސިލެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ވަކި ރަށްތަކެއްގެ ގޮތަށް ކައުންސިލް އުފެދިގެން ވަކި ކައުންސިލްތަކެއްގެ ގޮތުގައި އުފެދިން އަންނަންތޯ ނުވަތަ ނޫންތޯ މި އަހަނީ. ހިތަދޫގައި، ހިތަދޫ ކައުންސިލް، ހިތަދޫ ސިޓީ ކައުންސިލް ގޮތަށްތޯ؟،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އައްޑޫގެ ރައްޔިތުންގެ މެދުގައި އެ ވޯޓު އަންނަ މަހު ނަގައި، އެ ވޯޓުގެ ނަތީޖާ އެ މަހު ބޭނުންވެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ.
"މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫމީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނިގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫމީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެހެންވެ އެ މަނިކުފާނު ނިންމެވީ އައްޑޫގެ ވަކިވަކި ރަށްރަށުގެ މީހުންގެ ހިޔާލު ހޯއްދަވައިގެން، އެ މީހުން ބޭނުންވާ ގޮތަކަށް އެ ކަމުގައި ކުރިއަށް ވަޑައިގަތުމަށެވެ.
"ލާމަރުކަޒީ ނިޒާމު ނެތި ރަށްތައް ތަރައްގީނުވާނެ"
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
އައްޑޫ ކައުންސިލުން ވަކިވާ ޕެޓިޝަން އޮންލައިންކޮށްފި
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އައްޑޫ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދީފި
އައްޑޫ ކައުންސިލަށް 136 މިލިއަންގެ ބަޖެޓެއް
އައްޑޫގެ ހުސްބިންތަކާ ގުޅޭ ގޮތުން ކައުންސިލްގެ އިންޒާރެއް
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
އާމްދަނީގެ ހިއްސާ ލިބޭ ނަމަ އައްޑޫގެ ބްރިޖު އެޅޭނެ