01 ޖޫން 2020
އައްޑޫގައި ހުރި ހުސް ބިންތަކުގައި ބައެއް މީހުން ހުއްދައަކާ ނުލައި އެކި ކަހަލަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކައުންސިލުން ދީފި އެވެ.
އައްޑޫގައި ހުރި ހުސް ބިންތަކުގައި ބައެއް މީހުން ހުއްދައަކާ ނުލައި އެކި ކަހަލަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކައުންސިލުން ދީފި އެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ އެކި އަވަށްތަކުގައި ހުރި ހުސް ބިންތަކުގައި ކައުންސިލްގެ ހުއްދަ ހޯދުމަކާއި ނުލައި ބައެއް މީހުން ދަނޑުވެރިކަމާއި އުމްރާނީ މަސައްކަތްތަކުގެ އިތުރުން އެހެނިހެން ބައެއް މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު ކައުންސިލްގެ ހުއްދައަކާ ނުލައި އެފަދަ ބިންތަކުގައި އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށް ބުންޏެވެ.
އެހެންވެ އެފަދަ މަސައްކަތްތައް ހުއްޓާލުމަށާއި އެގޮތަށް އަމަލުނުކުރާ ނަމަ މަސައްކަތްކުރަމުން ގެންދާ މީހުން ކޮށްފައިވާ މަސައްކަތަކަށް ލިބިދާނެ ގެއްލުންތަކަށް ކައުންސިލުން ޒިންމާނުވާނެ ކަމަށް ވެސް ބުންޏެވެ.
"އަދި މަސައްކަތްކުރަމުން ގެންދާ ނަމަ ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ފިޔަވަޅުއަޅަމުން ގެންދާނެ." ކައުންސިލުން ބުންޏެވެ.
އައްޑޫގައި އަވަށްތަކުގައި ހުރި ބިސްތަކުގައި އެކި ކަހަލަ މަސައްކަތްތައް ހުއްދައަކާ ނުލައި ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފައި މި ވަނީ ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު، ކާބޯތަކެތީގެ ދަތިކަން ދިމާވެދާނެތީ އެކަމަށް ހައްލެއް ހޯދަން ކުރާ މަސައްކަތުގެ ތެރެއްިން އައްޑޫން ދަނޑުވެރިކަން ކުރަން ބިން ދޫކުރަން ނިންމައި މާޗް މަހުގެ ތެރޭގައި އެކަމަށް ފުރުސަތު ވެސް ހުޅުވާލާފައި ވަނިކޮށެވެ.
ކައުންސިލުން އިއްޔެ ވަނީ އައްޑޫން ދޫކޮށްފައި ހުރި ކުލީ ބިންތަކުގެ ހަ މަހުގެ ކުއްޔާއި އެ ބިންތަކުގައި ކުރަން ނިންމާފައި ހުރި ކަންކަން ކުރުމުގެ މަސައްކަތްތައް ފަސްކޮށްދޭން ވެސް ނިންމައިފަ އެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ އެވެ.
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުމީދޫގެ ޕެޓިޝަނެއް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އައްޑޫގެ ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވޭ
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އަނެއްކާ ވެސް ކޮވިޑް ފެނި މުޅި އައްޑޫ ބަންދުކޮށްފި
އައްޑޫން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ
އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވެއްޖެ