Roadha Mihaaru
އައްޑޫގެ ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވޭ

އައްޑޫގެ ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވޭ

07 ނޮވެމްބަރ 2021

މި އަހަރުގެ މެދު ތެރޭގައި އައްޑޫގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން މޮނިޓަރިން އަށް ލިތާ މިހާރު ގިނަ ދުވަސްތަކެއްވެ، ކައުންސިލާއި ބައެއް ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުުކުރަމުންދާ އިރު، އަދިވެސް ނަމްބަރުތަކުން އައްޑޫގެ ހާލަތު ރަނގަޅުނުވާކަން ނުވާކަން ހާމަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ މެދު ތެރޭގައި އައްޑޫގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން މޮނިޓަރިން އަށް ލިތާ މިހާރު ގިނަ ދުވަސްތަކެއްވެ، ކައުންސިލާއި ބައެއް ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުުކުރަމުންދާ އިރު، އަދިވެސް ނަމްބަރުތަކުން އައްޑޫގެ ހާލަތު ރަނގަޅުނުވާކަން ނުވާކަން ހާމަވެއްޖެ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ އާންމުކުރި ކޮވިޑާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އިއްޔެ ހަވީރު 6:00 ހަމައަށް ވެސް 27 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ ހިތަދޫން 19 މީހަކާއި ފޭދޫން ފަސް މީހަކާއި މަރަދޫން ތިން މީހެކެވެ.

މި ވަގުތު އައްޑޫގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 334 އަށް އަރާ، ބަލީ އެންމެ ގިނަ ބަޔަކު ތިބީ ހިތަދޫގަ އެވެ. އެ އަވަށުގެ އަދަދަކީ 155 އެވެ. ކޭސްތައް ދެން ބެހިފައިވާ ގޮތަށް ބަލާއިރު މަރަދޫގައި އެކްޓިވް 82، ފޭދޫގައި 55، މީދޫގައި 27، މަރަދޫފޭދޫގައި އަށެއް، ހުޅުދޫގައި ހަތެއް އަދި މީހުން ދިރިނޫޅޭ އަވަށްތަކުން ބޭރުން އެއް ކޭސް ހިމެނެ އެވެ.

އަައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އައްޑޫގައި ކޮވިޑްގައި މަރުވި މީހުންގެ އަދަދު 10 އަށް އަރަ އެވެ. އޭގެ ތެރެއިން އެކަކީ ފުވައްމުލަކުން އައްޑު އަށް ގެންގޮސް ފަރުވާދިން މީހެކެވެ. ކޮވިޑްގައި އެންމެ ފަހުން އައްޑޫން މީހަކު މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވީ މިދިޔަ މަހު އެވެ. އެ މަހުގެ ތެރޭގައި ހަ މީހަކު މަރުވި އެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު ގޯސްވާން ފެށި ފަހުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 2،225 އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1،882 އެވެ.

ކޮވިޑާ ހެދި އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް ކާފިއު ހިންގުން ހިމެނެ އެވެ.