05 ޖެނުއަރީ 2025
ގއ. ނިލަންދޫ ފަރަށް މިއަދު އެރި އެފްއެސްއެމްގެ ތެޔޮ ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ގއ. ނިލަންދޫ ފަރަށް މިއަދު އެރި އެފްއެސްއެމްގެ ތެޔޮ ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާސިހު "މިހާރު" އަށް ވިދާޅުވީ އެފްއެސްއެމްގެ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަން އެ ކުންފުނީގެ އިތުރު ބޮޑު ބޯޓެއް ރަށާ ކައިރި ކޮށްފައިވާ ކަމަށެވެ. އަދި އެ ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނާސިހު ވިދާޅުވި އެވެ.
މިހާތަނަށް އެ ބޯޓަށް ބޮޑު ގެއްލުމެއް ލިބި ނުވަތަ ތެޔޮ ލީކުވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.
"ފަރަށް އެރީމަ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ހުންނާނެ. އެކަމަކު ފަޅައިގެން ދިޔަ ކަމަކަށް ނުބެލެވޭ. ތެޔޮ ލީކުވުން ފަދަ ކަމެއް އަދި ނެތް." އޭނާ ވިދާޅުވި އެވެ.
ނާސިހު ވިދާޅުވީ ބޯޓު ފުން ކުރެވެމުންދާ ވަރަކަށް ކައުންސިލުން އެކަން އިތުރަށް ބަލަމުން ގެންދާނެ ކަމަށާއި އަދި ފުން ކުރުމަށް ފަހު ފަރަށް ލިބުނު ގެއްލުންތައް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އެފްއެސްއެމްގެ ބަހެއް އަދި ނުލިބެ އެވެ.
ތެލުގެ ސަބްސިޑީ އަށް އިތުރު 590 މިލިއަން ރުފިޔާ
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
މި އަހަރު ވެސް ތެލުގެ ސަބްސިޑީ ތިން ގުނަ އިތުރު
ކުނޑި ހުރި ތެޔޮ އެޅުމުން ޝަކުވާ ބޮޑުވެއްޖެ
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
ތެލުގެ ކަޅުބާޒާރު ހުއްޓުވަން އެސްޓީއޯއިން ފިޔަވަޅުތަކެއް
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯއިން ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފި
ކަނޑުއުޅަނދުފަހަރަށް ވިއްކާ ތެޔޮޮ ކޮންޓްރޯލްކޮށްފި