12 އޮކްޓޯބަރ 2023
ތެލުގެ ސަބްސިޑީ ކުޑަ ކުރުމަށް ކުރިން ކަނޑައެޅި ފިޔަވަޅުތައް ނޭޅުމުން މި އަހަރު ނިމޭ އިރު ވެސް ތެލާއި ކަރަންޓަށް ހޭދަކުރާ ސަބްސިޑީގެ އަދަދު ތިން ގުނައަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ތެލުގެ ސަބްސިޑީ ކުޑަ ކުރުމަށް ކުރިން ކަނޑައެޅި ފިޔަވަޅުތައް ނޭޅުމުން މި އަހަރު ނިމޭ އިރު ވެސް ތެލާއި ކަރަންޓަށް ހޭދަކުރާ ސަބްސިޑީގެ އަދަދު ތިން ގުނައަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ހިރާސްތަކުގެ ބަޔާން" ރިޕޯޓުގައިވާ ގޮތުން މި އަހަރު ބަޖެޓުގައި ހަކަތައިގެ ސަބްސިޑީގެ ގޮތުގައި ފާސްކުރީ 594 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް، ސަބްސިޑީގެ ހަރަދު މި އަހަރު ނިމޭ އިރު 1.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިދިޔަ އަހަރު ތެލާއި ކަރަންޓް ސަބްސިޑީ އަށް 530 މިލިއަން ރުފިޔާ ކަނޑައެޅި އެ ހަރަދަށް ތިން ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ސަރުކާރުން ވަނީ ތެލުގެ ސަބްސިޑީ އަށް ކުރާ ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ސަބްސިޑީ ދޭ އުސޫލު މުރާޖާކޮށް، ހުރިހާ ފަރާތްތަކަށް ދޭ އިންޑައިރެކްޓް ސަބްސިޑީއެއްގެ ބަދަލުގައި އެންމެ ބޭނުންވެފައިވާ މީހުންނަށް ދޭނެ ގޮތް ހަމަޖައްސައިފަ އެވެ. މި އަހަރުގެ ބަޖެޓު ކަނޑައެޅީ، އެ އުސޫލާ އެއްގޮތަށް ތެލުގެ ސަބްސިޑީ ދޭނެ ކަމަށް ކަނޑައަޅައިގެންނެވެ. އެހެން ނަމަވެސް އެ އުސޫލަށް ބަދަލު ކުރުމުން ކަރަންޓުގެ އަގު އުފުލި، ގޭބީސީތަކާއި ވިޔަފާރިތަކަށް އުފުލަން ޖެހޭ ބުރަ ބޮޑުވާނެތީ، އެ އުސޫލަށް އަމަލު ކުރުން ފަސްކޮށްފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ތެލުގެ ސަބްސިޑީ ކުޑަ ކުރަން ހެދި އުސޫލު ފަސްކުރި ނަމަވެސް، މިހާރަށް ވުރެ ރަނގަޅަށް ސަބްސިޑީ އަށް ކުރާ ހޭދަ ކުރުމަށްޓަކައި ޓާގެޓެޑް ސަބްސިޑީ އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. މިގޮތަށް މި މަސައްކަތް ކުރަމުން އަންނަ ކަމަށް ވޭތުވެދިޔަ ފަސް އަހަރުގެ ބަޖެޓުގައި ވެސް މިނިސްޓްރީން ކަނޑައަޅާފައިވީ ނަމަވެސް، ސަބްސިޑީ ދިނުމުގެ އުސޫލަށް އެކަށީގެންވާ ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
މިއަހަރުގެ މިހާތަނަށް ސަބްސިޑީ އަށް 7.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ ކުރި ހޭދަ ވަނީ 500 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ތެލުގެ ހަރަދު ކޮންޓްރޯލްކުރަން ފިއުލް ހެޖިން ހިމަނައިފި
ތެލުގެ ސަބްސިޑީ އަށް އިތުރު 590 މިލިއަން ރުފިޔާ
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
ކުނޑި ހުރި ތެޔޮ އެޅުމުން ޝަކުވާ ބޮޑުވެއްޖެ
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
ތެލުގެ ކަޅުބާޒާރު ހުއްޓުވަން އެސްޓީއޯއިން ފިޔަވަޅުތަކެއް
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯއިން ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފި
ކަނޑުއުޅަނދުފަހަރަށް ވިއްކާ ތެޔޮޮ ކޮންޓްރޯލްކޮށްފި