ކޮމްޕިއުޓަރު ފަޔަވޯލްތައް ހެކްކުރާ ޗައިނާގެ ހެކަރަކާއި އޭނާގެ ބައިވެރިން ހައްޔަރުކުރުމަށް އެހީއަކަށް ވާނެ މައުލޫމާތެއް ދިން މީހަކަށް 10 މިިލިއަން ޑޮލަރު އެމެރިކާއިން ހުށަހަޅައިފި އެވެ.
ކޮމްޕިއުޓަރު ފަޔަވޯލްތައް ހެކްކުރާ ޗައިނާގެ ހެކަރަކާއި އޭނާގެ ބައިވެރިން ހައްޔަރުކުރުމަށް އެހީއަކަށް ވާނެ މައުލޫމާތެއް ދިން މީހަކަށް 10 މިިލިއަން ޑޮލަރު އެމެރިކާއިން ހުށަހަޅައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ "ރިވާޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމުގައި ވާގޮތުން. ތުހުމަތުކުރެވޭ، އުމުރުން 30 އަހަރުގެ ގުއާން ޓިއަންފެންގް ދިރިއުޅެމުން ދަނީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގަ އެވެ.
ގުއާންގެ މައްޗަށް ކޮމްޕިއުޓަ ފްރޯޑުގެ ކުށުގެ ދައުވާ އާއި އެހެން ދައުވާތަކެއް ވަނީ މިދިޔަ އަންގާރަ ދުވަހު އުފުލައިފަ އެވެ
ގުއާން އާއި ސިޗުއާން ސައިލެންސް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑްގައި އޭނާގެ ބައިވެރިން ވަނީ އިނގިރޭސިވިލާތުގެ ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ސޮފޯސް ލިމިޓެޑުން ވިއްކާ ފަޔާވޯލްތަކުގައި ހުރި މައްސަލައެއް ދެނެގަނެ އޭގެ ނާޖާއިޒު ފައިދާ ނަގާފައި ކަމަށް ދައުވާގައިވެ އެވެ. އަދި އޭނާ ވަގަށް ނެގި މައުލޫމާތު ޗައިނާގެ އެކި ވިޔަފާރިތަކާއި ސަރުކާރުގެ އެކި އިދާރާތަކަށް ވެސް ވިއްކި އެވެ.
"ދައުވާ ލިބޭ މީހާ އާއި އޭނާގެ ބައިވެރިން ވަނީ އެތައް ހާސް ނެޓްވޯކް ސެކިއުރިޓީ ޑިވައިސްތަކެއްގައި ހުރި މައްސަލައެއްގެ ފައިދާ ނަގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ މައުލޫމާތު ވަގަށް ނެގުމަށް މެލްވެއާ އިންފެކްޓްކޮށްފައި، ޑެޕިއުޓީ އެޓާނީ ޖެނެރަލް ލީސާ މޮނާކޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
ދައުވާގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ 81،000 ފަޔަވޯލް ޑިވައިސްއަށް ހަމަލާދީފައިވާ ކަމަށެވެ.
އެފްބީއައިގެ އެޖެންޓް ހާބަޓް ސްޓެޕްލްޓަން ވިދާޅުވި ގޮތުގައި އެމެރިކާގެ ވެސް އެތައް ބައިވަރު ވިޔަފާރިތަކެއްގެ ފަޔަވޯލް ފޫވައްޓާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަން އަވަހަށް ދެނެ ނުގަނެވުނު ނަމަ، ލިބުނު ގެއްލުން އަދި އެތައް ގުނައެއް ބޮޑުވާނެ އެވެ.
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އުނިކޮށްފި
ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގެ ޓެރިފް
އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި
ޗައިނާ-އެމެރިކާގެ ވިޔަފާރީގެ ހަނގުރާމަ ވަރުގަދަވެއްޖެ
އެމެރިކާގެ ބޮޑު ނުރައްކަލަކީ ޗައިނާ: އިންޓެލް ރިޕޯޓް
ވީގޫރުން ޑީޕޯޓްކުރި އޮފިޝަލުންނަށް އެމެރިކާއަށް ނޭރޭނެ
ކޮވިޑުގެ އަސްލާ މެދު ސީއައިއޭ ދެކޭ ގޮތް ބަދަލުވެއްޖެ
އެމެރިކާގެ ކުރިއަށް ޗައިނާއަކަށް ނޭރޭނެ: ބައިޑެން
ޗައިނާ އާއި އެމެރިކާ އިން ރާއްޖެއަށް ދެ ޑްރޯން ދެނީ
އެމެރިކާގައި ޓިކްޓޮކް މަނާކުރަން ހައުސްއިން ފާސްކޮށްފި