ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ، ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެނޫން ވެސް ހައްގުތަކުގެ ކަންކަން އިތުރަށް ތަފްސީލުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ޙާލަތްތައް ކަނޑައެޅުމަށެވެ.
މީގެއިތުރުން، ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، އެ ހައްގުތައް ކަށަވަރުކުރުމާއި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަކީ ވެސް މި އިސްލާހުގެ މަގްސަދެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި މި އިސްހާލުގައި ރާއްޖޭގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަފޯމަންސްތަކާއި އަޑުގެ ރިކޯޑިންތަކާއި، ބްރޯޑްކާސްޓްތައް ހިމާޔަތްކުރެވޭނެކަމަށް ބަޔާންކޮށްފައިވެ އެވެ.
އަދި މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގުސަދަށް ބަލައިގެންނޫން ކަމަށާއި، އުފެއްދުމެއް ހިމާޔަތް ކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެ ކަމަށް ވެސް މި އިސްލާހުގައިވެ އެވެ. މީގެއިތުރުން، މި އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ހައްގެއް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ވެސް ވަނީ ލިއްބައިދީފަ އެވެ.
މި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމުން، ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
އިސްތިއުނާފު މައްސަލަ ކެޓީ އަށް ކާމިޔާބުވެއްޖެ
ވިޝްކާގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅަނީ
ހިޔާވެހި ސްކީމްގެ ލޯނުތައް އަންނަ މަހު ދޫކުރަން ފަށަނީ
އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން: ފަލާހު
ކައުންސިލަރުންގެ އަދަދާ ގުޅޭ ގަރާރު ބަލައިގެންފި
ކުޑޫ ހުށަހެޅި އިމްތިޔާޒު މައްސަލަ ބަލައިގެންފި
ގުރައިދޫ މަރުކަޒަށް ވަންނަން މެމްބަރަށް ހުއްދަ ނުދިން
ޖީއެސްޓީއާ ގުޅޭ ގަރާރު ބޭރުކޮށްލައިފި
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ގަރާރެއް
ކައުންސިލަރުން މަދުކުރާ ގަރާރަށް އެމްޑީޕީގެ ފާޑުކިޔުން