23 މާޗް 2017
ދިވެހި ފިލްމު "ވިޝްކާ"ގެ މިލްކުވެރިކަމާ މެދު، އުފެދިފައިވާ މައްސަލަ ސިވިލް ކޯޓަށް އަލުން ހުށަހަޅަން، ރާއްޖޭގެ މަޝްހޫރު ވަކީލުންތަކެއް ނިންމަވައިފި އެވެ.
ދިވެހި ފިލްމު "ވިޝްކާ"ގެ މިލްކުވެރިކަމާ މެދު، އުފެދިފައިވާ މައްސަލަ ސިވިލް ކޯޓަށް އަލުން ހުށަހަޅަން، ރާއްޖޭގެ މަޝްހޫރު ވަކީލުންތަކެއް ނިންމަވައިފި އެވެ.
ޔާރާ ޕްރޮޑަކްޝަނުން އުފެއްދި ވިޝްކާގެ މިލްކުވެރިކަމާ މެދު ދައުވާކުރާ ކެމެރާމަން ހަސަން ހަލީމް (ކޮކޯ)ގެ ފަރާތުން މައްސަލަ އަލުން ހުށަހަޅުއްވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު އާއި މުހައްމަދު ޝަހުދީ އަދި ހުސެން ސިރާޖެވެ. އަދި މައްސަލަ މިއަދު ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވަނީ އެނގިފަ އެވެ. އަދި މި މައްސަލާގައި އެ ބޭފުޅުން ވަކާލާތުކޮށްދެއްވާނީ ހިލޭ ކަމަށް ވަނީ އެނގިފަ އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ އަލުން ހުށަހަޅަނީ 2010 ވަނަ އަހަރު އަމަލުކުރަން ފެށި ކޮޕީރައިޓާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން މި ބާވަތުގެ މައްސަލައެއް މީގެ ކުރިން ހުށަހަޅާފައިވާ ކަމެއް ނޭނގެ އެވެ.
ހަސަން ބުނާގޮތުން "ވިޝްކާ" ގެ ވާހަކަ އާއި ސްކްރިޕްޓަކީ އޭނާގެ މިލްކެކެވެ. އެކަމަކު ހަސަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލީ އޭނާގެ ފަރާތުން ކޯޓަށް ހާޒިރު ނުވުމުންނެވެ. އޭގެ ފަހުން މި މަހުގެ 8 ވަނަ ދުވަހު ފިލްމު ވަނީ ޕްރިމިއާކޮށްފަ އެވެ.
ވިޝްކާގެ މައްސަލާގައި ވަކާލާތުކުރައްވާ ވަކީލުން. (ކ-ވ) މުހައްމަދު ޝަހުދީ، ހުސެން ސިރާޖް އަދި އަހްމަދު މުއިއްޒު
ހަސަންގެ ދައުވާއަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ބަތަލާ އައިޝަތު ރިޝްމީ އިންކާރުކުރެ އެވެ. އޭނާ ބުނެފައި ވަނީ "ވިޝްކާ" އަކީ އޭގެ ވާހަކަ ލިޔުނު މީހާ އާއި ސްކްރިޕްޓް ލިޔުނު މީހާ އަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާފައި އޭނާ ގަނެފައި އޮތް އެއްޗެއް ކަމަށެވެ. އެހެންވެ އޭގެ މިލްކުވެރި ކަމަށް އެހެން މީހަކަށް ދައުވާ ނުކުރެވޭނެ ކަމަށް ބުންޏެވެ.
"ވިޝްކާ"ގެ މައްސަލާގައި މަހުދީ ގޮވައިގެން ކޯޓަށް
ކޮޕީރައިޓް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި
ސީޒަންއާ އެކު "ޔާރާ"ގެ އާ ސީޒަން
ރަވީ އާއި ރިޝްމީ ވަރިވެއްޖެ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
"އެހެނަސް 2" މި މަހުގެ 18 ގައި
އެތައް ތަރިންނަކާ އެކު "ކުޑަކުޑަ ބާރު"
"ވިޝްކާ" ހޯމަ ދުވަހު ބައިސްކޯފަށް
އިސްތިއުނާފު މައްސަލަ ކެޓީ އަށް ކާމިޔާބުވެއްޖެ