30 އެޕްރީލް 2017
ދިވެހި ފިލްމް "ވިޝްކާ" ގެ މިލްކުވެރިކަމާ މެދު ދައުވާކޮށް، ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ދައުވާ ކޮށްފައި ވަނިކޮށް އެ ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭގެ މިލްކުވެރިކަމާ މެދު ގޮތެއް ނިންމައިދޭން އެދި ފިލްމުގެ ޕްރޮޑިއުސަރު އައިޝަތު ރިޝްމީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ދިވެހި ފިލްމް "ވިޝްކާ" ގެ މިލްކުވެރިކަމާ މެދު ދައުވާކޮށް، ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ދައުވާ ކޮށްފައި ވަނިކޮށް އެ ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭގެ މިލްކުވެރިކަމާ މެދު ގޮތެއް ނިންމައިދޭން އެދި ފިލްމުގެ ޕްރޮޑިއުސަރު އައިޝަތު ރިޝްމީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ހަސަން ދައުވާ ކޮށްފައިވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމް "ވިޝްކާ"ގެ ވާހަކަ އާއި ސްކްރީންޕްލޭއަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ އެވެ. އެކަމަކު ރިޝްމީ ބުނަނީ އެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ މަހުދީ އަހުމަދުގެ އަތުން އޭނާ ގަނެފައިވާ އެއްޗެއް ކަމަށެވެ.
އެ މައްސަލާގައި ރިޝްމީއާ ދެކޮޅަށް ހަސަން ކުރާ ދައުވާ ކޯޓުގައި ހިނގަމުން ދަނިކޮށް ރިޝްމީގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ "ވިޝްކާ" ގެ ވާހަކަ އާއި ސްކްރީންޕްލޭގެ މިލްކުވެރި ފަރާތް ކަނޑައަޅައި ދިނުމަށާއި ވާހަކަ އާއި ސްކްރީންޕްލޭ އާއި ވާހަކަ އަށް ދައްކަންޖެހޭ ފައިސާއެއް ނެތް ކަމަށް ނިންމައި ދިނުމަށް އެދި އެވެ. އެ ދައުވާ ކޮށްފައިވަނީ މަހުދީ އާއި އަބްދުﷲ ވިޝާމްގެ މައްޗަށެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލައިގަނެ، ކޯޓުގައި މިހާރު ދަނީ މައްސަލަ ހިނގަމުންނެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ރިޝްމީ އަދި ބޭނުމެއް ނުވެ އެވެ.
ރިޝްމީއާ ދެކޮޅަށް ހަސަން ކުރާ ދައުވާގެ މައްސަލާގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ހައްލު ނުވުމުން އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. ހަސަންގެ ފަރާތުން ވަކާލާތު ކުރަނީ ރާއްޖޭގެ މަޝްހޫރު ވަކީލުންތަކެކެވެ. އެ ވަކީލުން ބުނާ ގޮތުން "ވިޝްކާ" ގެ ވާހަކަ އާއި ސްކްރީންޕްލޭއަކީ ހަސަންގެ އެއްޗެއް ކަން ސާބިތުވާ މިންވަރުގެ ހެކި އެ މީހުންގެ އަތުގައި އެބަހުއްޓެވެ.
އެކަމަކު ރިޝްމީގެ ފަރާތުން ބުނަމުންދަނީ އެ ވާހަކަ އާއި ސްކްރީންޕްލޭއަކީ އޭނާ ގަނެފައިވާ އެއްޗެއް ކަމަށާއި ހަސަންގެ އެއްވެސް ހިއްސާއެއް އޭގައި ނެތް ކަމަށެވެ.
ރިޝްމީއާ ދެކޮޅަށް ކޮކޯ ހަސަން ދައުވާކުރި މައްސަލަ ނުބެލޭނެ
ވިޝްކާގެ ވާހަކަ އާއި ސްކްރީންޕްލޭ މިލްކުވަނީ ރިޝްމީ
"ވިޝްކާ" ގެ މައްސަލަ ހައްލު ނުވުމުން ޝަރީއަތަށް
ވިޝްކާގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅަނީ
ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
"ވިޝްކާ" ނެރުން ހުއްޓުވަން އަމުރެއް ނުދިން
ސީޒަންއާ އެކު "ޔާރާ"ގެ އާ ސީޒަން
ރަވީ އާއި ރިޝްމީ ވަރިވެއްޖެ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟