18 އެޕްރީލް 2017
މިދިޔަ މަހު ޕްރިމިއާ ކުރި ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ގެ މިލްކުވެރިކަމާ މެދު ދައުވާ ކުރާ ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ގެ ފަރާތުން، މަޝްހޫރު ގާނޫނީ ވަކީލުންތަކެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލު ނުވުމުން ޝަރީއަތަށް ފޮނުވަން ނިންމައިފި އެވެ.
މިދިޔަ މަހު ޕްރިމިއާ ކުރި ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ގެ މިލްކުވެރިކަމާ މެދު ދައުވާ ކުރާ ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ގެ ފަރާތުން، މަޝްހޫރު ގާނޫނީ ވަކީލުންތަކެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަނުން ހައްލު ނުވުމުން ޝަރީއަތަށް ފޮނުވަން ނިންމައިފި އެވެ.
ކޮކޯގެ ފަރާތުން "ވިޝްކާ" ގެ މައްސަލަ އަލުން ހުށަހެޅީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި މުހައްމަދު ޝަހުދީގެ އިތުރުން ހުސެން ސިރާޖެވެ. މި ބޭފުޅުން ވަކާލާތުކޮށްދެއްވަނީ ހިލޭސާބަހަށެވެ.
މައްސަލަ އަލުން ހުށަހެޅީ މިދިޔަ މަހު 5 ގައި ކޮކޯ ހަސަން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މާޗް 14، 2017 އަށް ތާވަލު ކުރި އަޑު އެހުމަށް ހަސަންގެ ވަކީލް ހާޒިރު ނުވެގެން، އެ މައްސަލަ ބޭރުކޮށްލައިފައި ވަނިކޮށެވެ.
ކޯޓުން ބޭރުގައި މައްސަލަ ނިންމުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ވަކީލު ޝަހުދީ ވިދާޅުވީ "ވިޝްކާ" ގެ މައްސަލާގައި ދައުވާ ކުރަނީ ކޮޕީރައިޓް ގާނޫނުގެ ދަށުން ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ފާހަގަކުރީ ކޯޓުން ބޭރުގައި މައްސަލަ ނިންމަން ބޭނުންވާ ކަމަށްވާ ނަމަ، ވިޝްކާގައި ކޮކޯ ހަސަންގެ ކޮންމެވެސް ވަރެއްގެ ހިއްސާއެއް އޮތް ކަމަށް ރިޝްމީ [ފިލްމުގެ ޕްރޮޑިއުސަރު] އެކްނޮލޮޖް ކުރައްވާށޭ، އޭރުން ފިލްމުގެ ވިޔަފާރިން ލިބުނު އެއްވެސް މަންފާއެއްގެ އެއްވެސް ޕަސަންޓެއް ވެސް ބޭނުމެއް ނެތޭ،" ޝަހުދީ ވިދާޅުވި އެވެ.
"ވިޝްކާ" ގެ މައްސަލާގައި ވަކާލާތު ކުރައްވާ ވަކީލުން. (ކ-ވ) މުހައްމަދު ޝަހުދީ، ހުސެން ސިރާޖް އަދި އަހްމަދު މުއިއްޒު.
ނަމަވެސް އެގޮތަށް ހުށަހެޅުމުން ރިޝްމީގެ ފަރާތުން ކޯޓްގައި ވަކާލާތުކުރާ ޓީމުން ވަނީ "ވިޝްކާ" ގައި ކޮކޯ ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި އޭނާ އަށް ފިލްމުން ބައި އަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ.
އަދި ކޯޓުން ބޭރުގައި މައްސަލަ ނިންމަން ބޭނުން ނުވާ ކަމަށް ރިޝްމީގެ ޓީމުން ވަނީ ބުނެފަ އެވެ.
ރިޝްމީ ބުނެފައިވާ ގޮތުގައި "ވިޝްކާ" އަކީ އޭގެ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމާއި ސްކްރީންޕްލޭ ލިޔުނު މަހުދީ އަހުމަދަށް އޭނާ އެއްކޮށް ފައިސާ ދީފައި ގަނެފައި އޮތް އެއްޗެކެވެ. އެހެންވެ ކޮކޯ ހަސަނަށް އޭގެ މިލްކުވެރިކަމާ ދޭތެރޭ ދައުވާ ކުރެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ އެވެ.
މިކަމާ ބެހޭ ގޮތުން ޝަހުދީ ވިދާޅުވީ "ވިޝްކާ" ގެ ވާހަކަ އާއި ސްކްރީންޕްލޭ އަށް ކޮކޯ ހަސަން ހަރަދު ކުރިކަމާއި އޭގެ ވާހަކަ އާއި ސްކްރީންޕްލޭ ލިޔުނު މީހާ ދީފައި ހުރި ލިޔުންތަކުން އެއީ ކޮކޯ ހަސަންގެ އެއްޗެއްކަން ސާބިތުކޮށް ދެވޭނެ ހެކި އެބަހުރި ކަމަށެވެ.
"ރިޝްމީ ވެސް އޭނާގެ އެއްޗެއް ކަމަށް ދައުވާ ކުރާ ގޮތަށް އަޅުގަނޑުމެންގެ މުވައްކިލްގެ އަތުގައި ހުރި ހެކިތަކުން ވެސް އެބަ އެނގޭ ވިޝްކާގައި ކޮކޯ ހަސަންގެ ހިއްސާއެއްވާކަން،" ޝަހުދީ ވިދާޅުވި އެވެ.
ކޯޓުން ބޭރުގައި މައްސަލަ ނިންމަން ރިޝްމީގެ ފަރާތުން ބޭނުން ނުވާތީ، މި މައްސަލާގައި ދެން ގޮތެއް ނިންމާނީ ޝަރީއަތުގެ މަރުހަލާއިންނެވެ.
ކޮކޯ އަށް އިޝާރާތްކޮށް ރިޝްމީ މިއަދު އޭނާގެ ފޭސްބުކްގައި ބުނީ "ހުރިހާ މަސައްކަތެއް އެހެން މީހުންނަށް ކަމަށާއި ޕަސަންޓް ދޭން ޖެހެނީ މާ ދުރުގައި ހުރި މީހަކަށް" ކަމަށެވެ. އަދި "މިއީ ބޮޑު ޖޯކެއް" ކަމަށް ވެސް ބުންޏެވެ.
ރިޝްމީ ބުނެފައި ވަނީ "ވިޝްކާ" ގެ މައްސަލާގައި ކޯޓްގައި ދައުވާ ކުރިޔަސް ހާސް ނުވާ ކަމަށާއި އެއީ އޭނާގެ އެއްޗެއްކަން ކޯޓްގައި ސާބިތުކޮށް ދެވޭނެ ކަމަށެވެ.
"ވިޝްކާ" އަކީ ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. މީގެ ލީޑް ރޯލް ކުޅެފައި ވަނި ރަވީ އާއި ރިޝްމީގެ އިތުރުން އަހުމަދު ސައީދެވެ.
ޝްވެކް ސިނަމާގައި މިދިޔަ މަހުގެ 8 އިން އެޕްރީލް 4 އާ ހަމައަށް "ވިޝްކާ" ދައްކާފައިވާ އިރު، ރިޝްމީ އަންނަނީ ހަފުތާ ބަންދުތަކުގައި ރަށްރަށުގައި ވެސް ފިލްމް އަޅުވަމުންނެވެ.
ރިޝްމީއާ ދެކޮޅަށް ކޮކޯ ހަސަން ދައުވާކުރި މައްސަލަ ނުބެލޭނެ
ވިޝްކާގެ ވާހަކަ އާއި ސްކްރީންޕްލޭ މިލްކުވަނީ ރިޝްމީ
"ވިޝްކާ"ގެ މައްސަލާގައި މަހުދީ ގޮވައިގެން ކޯޓަށް
ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
"ވިޝްކާ" ނެރުން ހުއްޓުވަން އަމުރެއް ނުދިން
ސީޒަންއާ އެކު "ޔާރާ"ގެ އާ ސީޒަން
ރަވީ އާއި ރިޝްމީ ވަރިވެއްޖެ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
"އެހެނަސް 2" މި މަހުގެ 18 ގައި