Roadha Mihaaru
ރަވީ އާއި ރިޝްމީ ވަރިވެއްޖެ

ރަވީ އާއި ރިޝްމީ ވަރިވެއްޖެ

09 ފެބުރުއަރީ 2022

މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގްގެ ކައިވެނި ނިމުމަކަށް ގެނެސް އެކަން އިއުލާނުކޮށްފި އެވެ.

މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގްގެ ކައިވެނި ނިމުމަކަށް ގެނެސް އެކަން އިއުލާނުކޮށްފި އެވެ.

ދެތަރިން ވަކިވިކަން އިއުލާންކޮށް، ރިޝްމީ ވަނީ މިރޭ އިންސްޓަގްރާމް ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި ރިޝްމީ ބުނެފައި ވަނީ އެ މީހުން އެކުގައި ހޭދަކުރި ތިން އަހަރެއްހާ ދުވަސް ދިޔައީ ވަރަށް އުފާވެރިކޮށް ކަމަށް ވިޔަސް، އެހެން މީހުންނަށް ވެސް ދިމާވާ ގޮތަށް އެކި ކަހަލަ އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.

"ދެމީހުން ފުރާނަ ކިރިޔާ ސަލާމަތްވި ނުރައްކާތެރި ދެ އެކްސިޑެންޓަކާ އެކުގައި ކުރިމަތިލިން އަދި އެކަމުން އެކުގައި އަރައިގަނެ އެކުގައި ކުރިއަށް ވެސް ދިޔައިން،" ރިޝްމީގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ކޮވިޑްގެ ތެރޭގައި ދެމީހުންނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށާއި އެ ދެމީހުންގެ ހިޔާލާއި އިސްކަންދޭ ކަންކަމަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައުމާ ގުޅިގެން، އެކުގައި އުޅެވެން ނެތުމުން، ދެމީހުންނަށް ވެސް ރަނގަޅު ގޮތަކީ ވަކިވުން ކަމަށް ފެންނާތީ ވަރިވާން ނިންމީ ކަމަށް ރިޝްމީ ބުންޏެވެ.

"އެކަމަކު އަބަދު ވެސް ރައްޓެހިކަމުގެ ގުޅުމާއި މަސައްކަތުގެ ދާއިރާއިން ގުޅުން އޮންނާނެ،" ރިޝްމީ ބުންޏެވެ.

ރިޝްމީ ވަނީ އެ މީހުންގެ މި ނިންމުމަށް އެންމެން އިހްތިރާމްކޮށް ޕްރައިވެސީ ދިނުމަށް އެދިފަ އެވެ. އަދި މި ބަދަލާ އެކު ކުރިއަށް ދިއުމުގައި އެހީތެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.

ރިޝްމީ އާއި ރަވީ ކައިވެނިކުރީ މާޗު 25، 2019 ގަ އެވެ. މި ދެ ތަރިން ވަނީ ކުރިން ވެސް ކައިވެންޏެއް ކޮށްފަ އެވެ. ކުރިން ކުރި ކައިވެންޏަށް ދެ މީހުންގެ ކުދިން ވެސް ތިބެ އެވެ.