14 މާޗް 2017
ދިވެހި ފިލްމް "ވިޝްކާ"ގެ މިލްކުވެރިކަމަށް ދައުވާކޮށް، ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ދިވެހި ފިލްމް "ވިޝްކާ"ގެ މިލްކުވެރިކަމަށް ދައުވާކޮށް، ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ފިލްމީތަރި އައިޝަތު ރިޝްމީ ޕްރޮޑިއުސްކުރި އެ ފިލްމުގެ މިލްކުވެރިކަމާ މެދު ދައުވާކޮށް ހަސަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގެ މިއަދު ތާވަލްކުރި އަޑުއެހުމަށް ހަސަންގެ ވަކީލް ހާޒިރު ނުވުމުންނެވެ.
މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ދައުވާ ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެ އެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން އެ ފިލްމް ރިލީޒް ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ހަސަންގެ ފަރާތުން އެދުނެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު އެ ފިލްމް ރިލީޒް ކުރުމުގެ ކުރިން ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ. އެގޮތަށް ކޯޓުން ނިންމުމުން، ޝެޑިއުލާ އެއްގޮތަށް ފިލްމު ރިލީޒްކޮށް، މިހާރު އަންނަނީ ދައްކަމުންނެވެ.
ހަސަންގެ ދައުވާގައިވާ ގޮތުން "ވިޝްކާ" ގެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ އޭނާގެ މިލްކެކެވެ. އެކަމަކު އެ އެ ދައުވާއަށް ރިޝްމީ އިންކާރު ކުރެ އެވެ.
ވިޝްކާގެ ވާހަކަ އާއި ސްކްރީންޕްލޭ މިލްކުވަނީ ރިޝްމީ
ރިޝްމީއާ ދެކޮޅަށް ކޮކޯ ހަސަން ދައުވާކުރި މައްސަލަ ނުބެލޭނެ
"ވިޝްކާ"ގެ މައްސަލާގައި މަހުދީ ގޮވައިގެން ކޯޓަށް
"ވިޝްކާ" ގެ މައްސަލަ ހައްލު ނުވުމުން ޝަރީއަތަށް
"ވިޝްކާ" ނެރުން ހުއްޓުވަން އަމުރެއް ނުދިން
ސީޒަންއާ އެކު "ޔާރާ"ގެ އާ ސީޒަން
ރަވީ އާއި ރިޝްމީ ވަރިވެއްޖެ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
"އެހެނަސް 2" މި މަހުގެ 18 ގައި