ފުލުހުންގެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަކީ ވެސް ފުލުހުންގެ އިންޓަގްރިޓީ ހިފަހައްޓައި އަހުލާގީ ގޮތުން ހަރުދަނާ ބަޔަކަށް ވުމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެދިވަޑައިގެންފި އެވެ.
09 ޑިސެމްބަރ 2024
ފުލުހުންގެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަކީ ވެސް ފުލުހުންގެ އިންޓަގްރިޓީ ހިފަހައްޓައި އަހުލާގީ ގޮތުން ހަރުދަނާ ބަޔަކަށް ވުމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެދިވަޑައިގެންފި އެވެ.
ފުލުހުންގެ 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި 71 އޮފިސަރުން މިރޭ ދަސްވެނިވި އެވެ.
ސީޕީ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕޮލިސް ޕްލޭނުގައި ވަނީ ގޭންގް ކުށްތަކާއި މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށް ހިމަނާފައި ކަމަށެވެ. އަދި އެކަމަކީ ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި ކަންކަމާ ކުރިމަތިލާއިރު އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި އެކަމަށް ކުރިމަތިލާ ބަޔަކަށް ވުމަށް ސީޕީ ނަަސޭހަތްތެރިވި އެވެ.
"މިއަދު ޓްރެއިނިން ނިންމައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިކުންނައިރު ތިޔަ އޮފިސަރުންނަކީ ފުލުހުންގެ އިންޓެގްރިޓީ ހިފަހައްޓައި އަހުލާގީ ގޮތުން ރަނގަޅު ހަރުދަނާ ބަޔަކަށް ވުމަށް އަޒުމު ކަނޑައެެޅުމަށް އަޅުގަނޑު ތިޔަ އޮފިސަރުންނަށް ނަސޭހަތްތެރިވަން،" ސީޕީ ވިދާޅުވި އެވެ.
Sincere congratulations to all the officers who have successfully completed the 37th Police Initial Training Course and heartfelt congratulations are extended to the recipients of the prestigious awards,
— Maldives Police (@PoliceMv) December 9, 2024
1/4 pic.twitter.com/3gu53W8aGq
ސީޕީ ވިދާޅުވީ ފުލުހުންނަކީ ހަރުދަނާ އަދި ގާބިލު ބަޔަކަށް ވުމަށް މަސައްކަތްކުރާއިރު ފުލުހުންނަކީ ރިވެތި އަހުލާގުގެ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ގައުމަށް ވަފާތެރި، ގައުމުގެ ދެކެ ފަހުރުވެރިވާ ބަޔަކަށް ވުމަށް ސީޕީ ނަސޭހަތްތެރިވި އެވެ.
"ޑިއުޓީ ގަޑިތަކާއި އަދި އެނޫން ވެސް ވަގުތުތަކުގައި ރިވެތި ސުލޫކާއި އަހުލާގީ މިންގަނޑު ހިފަހައްޓައި ރިވެތި ބަހުން މުއާމަލާތްކުރާ ބަޔަކަށް ވުމަށް އަޅުގަނޑު ތި އެންމެހާ އޮފިސަރުންނަށް ގޮވާލަން،"
ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓައި އެމީހުންނަކީ ވަތަނީ ބަޔަކަށް ވާންޖެހޭ ކަމަށާއި ފުލުހަކު ކުށެއް ކޮށްފި ނަމަ އެމީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި ފުލުހުންނާ ގުޅޭގޮތުން ހުށަހެޅުނު 91 މައްސަލައެއް ބަލައި 57 ފުލުހަކަށް ފިޔަވަޅު އަޅާފައިވެ އެވެ. އަދި 20 ފުލުހުން ވަނީ ވަޒީފާއން ވަކިކޮށްފަ އެވެ.
އެހެންވެ ސީޕީ އެދިވަޑައިގަތީ ހެދިފައިވާ ގަވައިދުތަކަށް ބޯލަނބައި އަހުލާގު ރަނގަޅު ބަޔަކަށް ވުމަށެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކެނޑި ނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ތެރޭގައި ފުލުހުންނަށް ތައުލީމާއި ތަމްރީނު ފުރުސަތުތައް ހޯދައިދެއްވަމުން ގެންދަވާ ކަމަށެވެ. މިއަހަރުގެ މިހާތަނަށް އެކަނިވެސް 260 އަށް ވުރެ ގިނަ ފުލުހުން ރާއްޖެއިން ބޭރުން ފުލުހުންނާ ގުޅޭ ތަމްރީނުތައް ފަހިކޮށްދީފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު ރިޓަޔާކުރައްވައިފި
ނަޝީދުގެ ތައުރީފު ޝުޖާއުއަށް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕޮލިސް ކޮމިޝަނަރު ޝުޖާއު އިސްތިއުފާ ދެއްވައިފި
64 މިލިއަން ދައުރުކުރި ގޮތް ބަލައި ޕީޖީއަށް ފޮނުވަނީ
ވެއްޓުނު ކުއްޖާއާ އެކު އުޅުނު މީހުން ފުރުން މަނާކޮށްފި
ގާސިމްގެ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް
ޕޮލިސް ފްލެޓަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހޯދަނީ
ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
ތަކަންދޫގެ ޕޮލިސް ޕޯސްޓް ރައީސް ހުޅުއްވައިދެއްވައިފި