ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ނައިބު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އާ ހަވާލުކޮށްފި އެވެ.
08 ޑިސެމްބަރ 2024
ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ނައިބު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އާ ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް މި މަހުގެ ފަސްވަނަ ދުވަހު ފޮނުވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން އެ މަސައްކަތްތައް އޭނާއާ ހަވާލު ކުރެއްވީ ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.
އެ މެމޯގައި ބުނީ މިދިޔަ މަހުގެ 26 އިން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓާނީ މިނިސްޓަރުގެ ނައިބު އޮގަރު ވަހީދެވެ.
"ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން 26 ނޮވެމްބަރުން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓަވަނީ މި ވުޒާރާގެ މިނިސްޓާ އޮގް ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ނައިބް އަލްފާޟިލް އިބްރާހިމް ވަހީދުގެ ލަފާގެ ދަށުން ކަމުގައި ހުރިހާ މުވައްޒަފުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" މެމޯގައި ވެ އެވެ.
ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް އޮގަރު ވަހީދުގެ ލަފާގެ ދަށުން ހިންގުމަށް ހަވާލު ކުރެއްވިއިރު، އެ ތަނުގެ ރައީސްގެ މަގާމުގައި ހުންނެވީ ޑރ. އަޝްރަފު އަބްދުއްރަހީމް އެވެ. އެކަމަކު އަޝްރަފްގެ މަތިން ބޮޑެތި ޒިންމާތަކެއް އޮގަރު ވަހީދާ ހަވާލު ކުރެއްވި ސަބަބެއް ނޭނގެ އެވެ.
މިނިވަން ދުވަހުގެ ލޯގޯ ފަރުމާކޮށްގެން 30،000ރ.
ޑީ ފާހުން 30،000ރ. ގެ މުސާރަލިބޭ ވަޒީފާ ބާތިލް
ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންނާއެކު މަޝްވަރާއަށް
ހުކުރު މިސްކިތަށް ކުރީގެ ސަރުކާރުން އޮތީ އިހުމާލުވެފައި
ދިވެހިބަހުގެ މިނިސްޓްރީގެ މުވައްޒަފުން ރައީސްގެ އަރިހަށް
ދިވެހި ދިދަ ހިމާޔަތްކުރަން ގާނޫނެއް ހަދަނީ
"އާތިކާގެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައެއް ނެތް"
ބުލީކުރާ ކަމަށް ބުނާ ޕީއެސްއެއްގެ މައްސަލަ ބަލަނީ
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށް ކަނޑައަޅައިފި