ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތް ކުރުމާއި ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާއި ދިރާސާ ކުރުމާއި ހުށަހަޅައި ދިނުމުގެ މަސައްކަތް ވިލަރެސް ކުރުމަށް 30،000ރ. ގެ މުސާރައާ އެކު ހުޅުވާލި ވަޒީފާގެ އިއުލާނު ދިވެހި ބަހުގެ މިނިސްޓްރީން ބާތިލުކޮށްފި އެވެ.
09 މެއި 2025
ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތް ކުރުމާއި ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާއި ދިރާސާ ކުރުމާއި ހުށަހަޅައި ދިނުމުގެ މަސައްކަތް ވިލަރެސް ކުރުމަށް 30،000ރ. ގެ މުސާރައާ އެކު ހުޅުވާލި ވަޒީފާގެ އިއުލާނު ދިވެހި ބަހުގެ މިނިސްޓްރީން ބާތިލުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، މުސާރައިގެ ގޮތުގައި 25،000ރ. އަދި ރިސާޗް އެލަވަންސްގެ ގޮތުގައި 5،000ރ. އެ މަގާމަށް ލިބޭނެ އެވެ. މަގާމަށްް ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާ އިން ދަށްވެގެން "ޑީ" ގްރޭޑު ލިބިފައިވުމާ އެކު، ސެކަންޑަރީ ސްކޫލު ނުވަތަ ހަޔާ ސެކެންޑަރީ ސެޓްފިކެޓު އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ހޯދުމެވެ. އަދި ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިވުމާ އެކު، މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ ވެސް މަގާމުގެ ޝަރުތެކެވެ.
އުމުރުން 35 އަހަރުން ދަށުގެ އަދި ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގޭ ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ މީހުންނަށް ވާން ޖެހޭ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ ޝަރުތުތަކާ އެކު، ފާޑުކިޔުން އަމާޒުވީ އެހާ ދަށް ފާހަކުން ފާސްވެފައިވާ ބަޔަކަށް ދައުލަތުން ބޮޑު މުސާރައެއް ލިބޭ ވަޒީފާއަކަށް ހުޅުވައިލުމުންނެވެ.
މިއީ ވަކި މީހަކަށް ދިނުމަށް އިއުލާނުކުރި ވަޒީފާއެއް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ފާޑުކިޔުމުން އެ އިއުލާން މިއަދު ބާތިލްކުރީ އެވެ. މަގާމަށް ޝަރުތު ހަމަވާ މީހުން މި މަހުގެ 15 އިގެ ކުރިން ހުށަހަޅަން އިއުލާނުގައިވާ ބުނެފައިވީ ނަމަވެސް މިއަދުގެ މެންދުރު 1:22 ގައި އެ އިއުލާނު ވަނީ ބާތިލުކޮށްފަ އެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައި އޮތީ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާއި ދިރާސާ ކުރުމާއި ހުށަހަޅައިދިނުމުގެ މަސައްކަތް ވިލަރެސް ކުރުމާއި ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ޝާއިއުކުރުމަށް ތައްޔާރުކުރާ ތަކެތީގެ ފުރިހަމަކަން ޗެކުކުރުމާއި ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުމުގެ އިތުރުން ސުޕަވައިޒް ކުރަން ޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމެވެ.
ކުރިން އެ އިއުލާނުގައި އޮތީ މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ މަގާމަށް އެދި ކުރިމަތިލުމަށެވެ
ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންނާއެކު މަޝްވަރާއަށް
ހުކުރު މިސްކިތަށް ކުރީގެ ސަރުކާރުން އޮތީ އިހުމާލުވެފައި
ދިވެހި ބަހުގެ އެކަޑެމީގެ ހިންގުން އޮގަރު ވަހީދަށް
ދިވެހިބަހުގެ މިނިސްޓްރީގެ މުވައްޒަފުން ރައީސްގެ އަރިހަށް
ދިވެހި ދިދަ ހިމާޔަތްކުރަން ގާނޫނެއް ހަދަނީ
"އާތިކާގެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައެއް ނެތް"
ގައުމިއްޔަތަށް ހާއްސަ ކޮލެޖު އިފުތިތާހުކޮށްފި
ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށް ކަނޑައަޅައިފި
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
"ބޭރުގެ ނުފޫޒުން ދިވެހި ބަސް ހަލާކުވިޔަ ނުދީ"