މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ބޭއްވި އަޑުއެހުންތަކުގައި ރާއްޖޭން ބައިވެރިވެ، ބަޔާން ދީފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ބޭއްވި އަޑުއެހުންތަކުގައި ރާއްޖޭން ބައިވެރިވެ، ބަޔާން ދީފި އެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ގައުމުތަކުގެ މަސްއޫލިއްޔުތަކާ ގުޅޭ ގާނޫނީ ބައެއް ސުވާލުތަކާ ގުޅޭ ގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައެކެވެ.
އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާން ހުށަހެޅުމުގެ ފުރުސަތު ގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އައިސީޖީގައި މިއަދު ބޭއްވި އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ބަންޑާރަ ނައިބު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ކެނޑިނޭޅި ވަކާލާތު ކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވައިފަ އެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖެ ނާޒުކުކަން ވެސް ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ. އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލު ކުރަން ޖެހުމަކީ ސަރުކާރު ދެކޮޅު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުއްވާލެއްވި އެވެ.
ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ވަކީލުން ވަނީ ތަފްސީލުކުރައްވާފައިވެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައު އާ ގުޅިގެން މަސައްކަތް ކުރުމަށާއި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާ އެކު އޮންނާނެކަމުގެ ޔަގީންކަން ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ދީފަ އެވެ.
އިޒްރޭލުގެ މައްސަލައަށް ތަދައްޚުލް ވާން ހުށަހަޅައިފި
އޭޖީ އޮފީހުގެ ބިލުން ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ
"ބިލުގެ ބޭނުމަކީ ގާނޫނާހިލާފުނުވެ މައުލޫމާތު ފެތުރުން"
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭކަމަށް ނުދެކެން:އުޝާމް
މަރުގެ އަދަބު ދޭ ބިލް މި ދައުރަށް ނިންމަނީ
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލް ފާސްނުކޮށް ކޮމިޓީއަށް
ޒިންމާއިން ރެކެން އިޒްރޭލުން ދައްކަނީ ބަހަނާ: ރާއްޖެ
އައިސީޖޭގައި އުޝާމް މާދަމާ ބަޔާނެއް ދެއްވަނީ
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ