26 ނޮވެމްބަރ 2024
ބ. ތުޅާދޫއާ ވާދަކޮށް 5-0 އިން މޮޅުވެ، މާލޭ ސިޓީ ފުޓްބޯޅަ ޓީމުން ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް، ގުރޫޕް ސްޓޭޖުގެ ދެވަނަ ބުރުން ޖާގަ ޔަގީން ކޮށްފި އެވެ.
ބ. ތުޅާދޫއާ ވާދަކޮށް 5-0 އިން މޮޅުވެ، މާލޭ ސިޓީ ފުޓްބޯޅަ ޓީމުން ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް، ގުރޫޕް ސްޓޭޖުގެ ދެވަނަ ބުރުން ޖާގަ ޔަގީން ކޮށްފި އެވެ.
މާލޭން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެޓީމު ކޮޅަށް އަދި ގޯލެއް ނުވަދެ އެވެ. ފުރަތަމަ މެޗުގައި ތ. ތިމަރަފުށީ ބަލިކުރީ 4-0 އިންނެވެ.
ކޮންމެ ގުރޫޕަކުން ވެސް އެންމެ ނަތީޖާ ރަނގަޅު ތިން ޓީމު، ގުރޫޕް ސްޓޭޖުގެ ދެވަނަ ބުރަށް ދާނެ އެވެ.
ގޯލްޑް ކަޕްގައި ތުޅާދޫ ވަނީ ގުރޫޕް ބީގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ބ. އޭދަފުށި އަތުން ބަލިވެފައި ވާއިރު، އެ ޓީމުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ތ. ތިމަރަފުއްޓާ ދެކޮޅަށް ނުކުންނާނެ އެވެ.
މި ގުރޫޕްގައި ހިމެނޭ ތ. ތިމަރަފުއްޓާއި ބ. އޭދަފުށި މާދަމާ ހަވީރު ބައްދަލުކުރާނެ އެވެ.
މިރޭ ކުޅުނު މެޗުގައި މާލޭ ސިޓީން ލީޑު ނެގީ ތުޅާދޫ ޓީމުގެ ޑިފެންޑަރު ޝަމްވީލް މުހައްމަދު (މީދޫ ބޮންޑާ) އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މާލޭ ޓީމަށް ކުޅޭ މިޑްފީލްޑަރު މުހައްމަދު ޔަޒްދާން ހުސެއިން ބޮލުން ޖައްސާލި ބޯޅަ އޭރިއާ ބޭރުން އެޓީމުގެ ކުޅުންތެރިއަކު ހޯދުމުގެ ކުރިން ޝަމްވީލް ކްލިއާ ކޮށްލަން ޖައްސާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯ މަތިން ގޮހެވެ.
މާލޭގެ ދެވަނަ ގޯލު ޖަހައިދިނީ ޔަޒްދާން އެވެ. އިސްމާއިލް ވިފާގު (އިއްސެ) އަރިމަތިން ނަގައިދިން ބޯޅަ ގޯލު ކުރިމަތީ ހުރި ޑިފެންޑަރު ބޮލުން ބްލޮކް ކުރި ބޯޅަ އޭރިއާ ތެރަށް ވެއްޓުމުން، ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް އަށް ކުޅޭ މިޑްފީލްޑަރު ވަނީ އެއްފަހަރުން ޖަހައި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން މާލެއަށް ވަނީ ޕެނަލްޓީއެއް ލިބި ނާކާމިޔާބު ވެފަ އެވެ. އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް އޭރިއާ ތެރެއިން ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ، ފޮނުވާލީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. ނަމަވެސް ރިލްވާން ފޮނުވާލި ޕެނަންކާ، ތުޅާދޫގެ ގޯލްކީޕަރު އަލީ ރަމީޒް ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.
މާލޭގެ ތިންވަނަ ލަނޑު 73 ވަނަ މިނިޓުގައި ޖަހައިދިނީ އަހްނަފް އެވެ. ޒުވާޏް ގައުމީ ޓީމަށް ވެސް ކުޅޭ ޓީސީގެ ވިންގާ ވަނީ އޭރިއާގެ ކަނާ ދިމާލުން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒު ކޮށްލައިފަ އެވެ.
އޭގެ 10 މިނިޓު ފަހުން ޔަޒްދާން ދިން ބޯޅައެއް ޑީ އޭރިއާ ތެރޭ ހުރެ އެނބުރިލާފައި ގޯލަށް ފޮނުވާލައިގެން ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މުހައްމަދު ނާއިލް އެވެ. އަދި ދެ މިނިޓު ފަހުން ހުސެއިން ފަޔާޒް ދިން ބޯލަ ކޮންޓްރޯލް ކޮށްލާފައި ނާއިލް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައި މާލޭގެ ފަސްވަނަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް
ޒުވާން ކުޅުންތެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ
ނައިފަރު ދެއްކީ ހިތްވަރު، ކުއާޓާއިން ޖާގަ ހޯދައިފި
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ގުރައިދޫގެ ދެބަފައިން؛ ފުޓްބޯޅައިގެ މާޒީ އާއި ކުރިމަގު
ތިމަރަފުށި ބާރު ކަނޑުވާލުމަށްފަހު ގުރައިދޫން ކުއާޓާއަށް
އަލީ ޝިހާމް މިހާރު ބޭނުންވަނީ ކޯޗިން ދަސްކުރަން
ނުރައްކާތެރި ފައުލުކުރި ކީޕަރު އެއް އަހަރަށް ސަސްޕެންޑް
އަލިފުށިން ދެވަނަ ބުރު ވެސް ފެށީ ގަދަކޮށް!
އިއްމިގެ ހެޓްރިކް ހުއްޓުވޭނެ ގޮތެއް އައްޑޫއަށް ނުހޯދުނު