19 ޑިސެމްބަރ 2024
ޕެނަލްޓީ ޖަހައިގެން ކ. ގުރައިދޫ 4-2 ން ބަލިކޮށް މާލެ އިން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ. ސެމީގައި މާލެއިން ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ.
ޕެނަލްޓީ ޖަހައިގެން ކ. ގުރައިދޫ 4-2 ން ބަލިކޮށް މާލެ އިން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ. ސެމީގައި މާލެއިން ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ގުރައިދޫންނެވެ.
މެޗުގެ 23 ވަނަ މިނެޓްގައި ގުރައިދުއަށް ލީޑް ނަގައި ދިނީ އެ ޓީމުގެ މިސްރުގެ ފޯވާޑް އަހްމަދު އިބްރާހިމް އައްބާސް އަލް ހަޝަޝް އެވެ. މާލޭގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭރިއާގެ ތެރެއިން ގޯލްގެ ނިއާ ޕޯސްޓްގައި ހުރެފައި އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ.
އޭގެ ފަހުން ވެސް ގުރައިދުއަށް ފުރުސަތުތައް ލިބިގެން ދިޔަ އެވެ. އެ ޓީމުގެ މުހައްމަދު ނާއިމް އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަތަކުން މާލެގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ.
މާލެއިން ވެސް އަހްމަދު ރިލްވާން، ވަނީ ގުރައިދޫގެ ފަހަތަށް ނުރައްކާކޮށްފަ އެވެ. އެކަމަކު ފުރަތަމަ ހާފުގައި ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ.
މާލެއިން ނަތީޖާ ބަދަލު ކުރީ ގުރައިދޫގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ޕެނަލްޓީގައި ގުރައިދުއަށް ދެ ޕެނަލްޓީ ނާކާމިޔާބު ވި އެވެ. އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ނާއިމް ފޮބުވާލުމުން މާލެގެ ކީޕަރު ތޮލާލް ހަސަން ދިފާއު ކުރި އެވެ.
މާލެއަށް ނާކާމިޔާބު ވީ އެ ޓީމުގެ ދެ ވަނަ ޕެނަލްޓީ ޖެހި ޝުއައިބު އަށެވެ. އޭނާ ޖެހި ޕެނަލްޓީ ގުރައިދޫގެ ކީޕަރު ސަމީރު ދިފާއު ކުރި އެވެ. ގުރައިދު އަށް ޕެނަލްޓީ ނާކާމިޔާބު ވި އަނެއް ކުޅުންތެރިޔަކީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުއާޒް ޖާބިރު ރަދުވާން ހަމީދީ އެވެ. އޭނާ ޖެހި ޕެނަލްޓީ ތޮލާލް ދިފާއު ކުރި އެވެ.
ސެމީގައި މާލެއިން ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ.
ގުރައިދޫން ނުކުންނަނީ އަތޮޅުތެރޭގެ ފުޓްބޯޅައަށްޓަކައި!
އޭދަފުއްޓަކީ ތޯތޯ ޓީމެއްނޫން، މާލެ ބަލިކޮށް ފައިނަލަށް
އަލިފުއްޓަށް އެއްވަނަ، ކުއާޓާގައި ފުވައްމުލަކާ ދެކޮޅަށް
ރަށްވެހިކަމުގެ މައްސަލަ މާލޭގެ ކޮޅަށް، މެޗު މިއަދު
މާލޭގެ ދެކުޅުންތެރިއަކު ރަށްވެހިކަން ބަދަލުކުރި މައްސަލަ
ގުރައިދޫ އެއްވަނަ، ފުވައްމުލަކާއި ތިމަރަފުށި ގުރަކަށް
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް
ގުރައިދޫގެ ދެބަފައިން؛ ފުޓްބޯޅައިގެ މާޒީ އާއި ކުރިމަގު
ތިމަރަފުށި ބާރު ކަނޑުވާލުމަށްފަހު ގުރައިދޫން ކުއާޓާއަށް
އައްޑޫ އަތުން ޕޮއިންޓް ހޯދައި ގުރައިދޫ ފޭވަރިޓަކަށް