07 މާޗް 2017
ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅަން 57.7 މިލިއަން ޑޮލަރަށް މެލޭޝިއާގެ ކުންފުންޏަކާ ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅަން 57.7 މިލިއަން ޑޮލަރަށް މެލޭޝިއާގެ ކުންފުންޏަކާ ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ ހަވާލުކުރީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ފ. ނިލަންދޫ އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް ހެދުމަށެވެ. އެ ކުންފުންޏާ އެއާޕޯޓް ތަރައްގީކުރަން ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ.
ބައެއް މީޑިއާތަކަށް ދައުވަތު ދީގެން ޓޫރިޒަމް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. ގްރިފޮން ކުންފުނިން ސޮއިކުރެއްވީ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ޔޯހާން ކުއިންޓެން އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރައްވަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމެންވާއިރަށް އިތުރު އެއާޕޯޓްތަކެއް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު އަހަރަކު 7.5 މިލިއަން މީހުންނަށް އަމާޒުކޮށްގެން ވަނީ ތަރައްގީ ކުރަން ފަށާފައި. އެއާ އެކު އަޅުގަނޑުމެން ބޭނުންވޭ ޕެސެންޖަރުން އިތުރުވާ މިންވަރަށް އަތޮޅުތެރެ އާއި މާލެ ގުޅުވާލަން. އަޅުގަނޑުމެންނަށް މިހާރު ދަތިތަކެއް އެބަހުރި މާލެ އިން އަތޮޅުތަކަށް މީހުން ފޮނުވަން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފަސް ރަށުގައި އަޅާ އެއާޕޯޓުތައް އަންނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވާނެ އެވެ. އަދި އެގޮތަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދި އިތުރު އެއާޕޯޓްތަކެއް އަޅާނަން. ބޭނުން ވަނީ 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓް ގާއިމް ކުރަން. އަޅުގަނޑުމެންނަށް މިހާރު ވެސް އައިޑެންޓިފައި ކުރެވިފައި އެބަހުރި ފައިނޭންޝަލީ ވަރަށް ފީސިބަލް ތަންތަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ޅ. ފެލިވަރުގައި އަދި މ. އަތޮޅުގައި އެއާޕޯޓެއް އަޅަން ވެސް ނިންމާފައިވާ ކަމަށެވެ. އެ ދެ ސަރަހައްދުގައި އެއާޕޯޓުގައި އަޅަން ނިންމީ ޓޫރިސްޓު އެނދު އިތުރުވުމާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އެއާޕޯޓްތައް ހިންގާނީ ރީޖަނަލް އެއާޕޯޓްސް އަދި އައިލެންޑް އޭވިއޭޝަނާ ގުޅިގެންނެވެ.
ގްރިފޮން ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ވިދާޅުވީ ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރަން އައީ މީގެ މަސްތަކެއް ކުރިން ކަމަށެވެ. އަދި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަޝްރޫއާއެކު ކުރިއަށް ދިއުމަށް މަގުފަހިވެގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކުން އެމްޓީސީސީ އަށް
މެލޭޝިޔާ ބިން ހިއްކަން އެމްޓީސީސީ އަށް ހުށަހެޅުމެއް
މެލޭޝިއާ، ޔޫކޭއިން މީހުން ރާއްޖެ އައުން މަނާކޮށްފި
މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
ފަރެސްމާތޮޑާގައި އެއާޕޯޓު އަޅާ ބިންހިއްކަން ހަވާލުކޮށްފި
ފައިނު އެއާޕޯޓް އަޅަން އައިލެންޑް އޭވިއޭޝަނަށް
އެއާޕޯޓު ހަދަން ހަވާލުކުރަނީ ފައިސާ ހަމަޖެހުނީމަ:ޒަމީރު
މަޑިވަރުގައި އެއާޕޯޓު އަޅަން ހަވާލުކޮށްފި
އެއާޕޯޓަކާއި ސިޓީހޮޓަލަކާއެކު ފައިނުގައި ބޮޑު މަޝްރޫއެއް
ކުޅުދުއްފުށި އެއާޕޯޓު ރަންވޭގެ މަސައްކަތް އެމްޓީސީސީއަށް