03 ޖޫން 2018
ގދ، ފަރެސްމާތޮޑާގައި އެއާޕޯޓު އަޅާ ބިންހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
ގދ، ފަރެސްމާތޮޑާގައި އެއާޕޯޓު އަޅާ ބިންހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައިކަލް އެވެ.
އެ މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖައްސާފައިވަނީ 13.6 ހެކްޓަރުގެ ބިމެވެ. އެއާއެކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރިއަށްގެންދާނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓު އެޅުމަށް އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ނިންމައި ދެ ތިން މަހުގެ ތެރޭގައި ބިން ހިއްކޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިން ހިއްކަން ހަވާލުކުރީ 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. ނަމަވެސް ދެ ތިން މަސްތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ގަލްފް ކޯބްލާ އިން ދީފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ބިން ހިއްކާ ނިންމައި ވަރަށް އަވަހަށް އެއާޕޯޓުގެ އަޅާނެ ބަޔަކު ހޯދަން އިއުލާންކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ފަރެސްމާތޮޑާގެ އެއާޕޯޓު ހަދަނީ، ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އަތުން ސަރުކާރުން ނެގި ހަތަރު މިިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ)ގެ ލޯނަކުންނެވެ. އިންޓްރެސްޓަކާ ނުލައި ދިން އެ ލޯނު ދައްކަން ސަރުކާރަކަށް ވަކި މުއްދަތެއް ނެތެވެ.
އެ ހަތަރު މިލިއަން ޑޮލަރުގެ ތެރެއިން ބާކީ 1.5 މިލިއަން ޑޮލަރު ހަރަދުކުރާނީ އެ އެއާޕޯޓުގެ އެހެން މަސައްކަތްތަކަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓު އަޅާ ބިން ހިއްކުމުގެ މަސައްކަތް، ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަދައްކަވަނީ --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ޒަމީރު ވިދާޅުވީ ގއ. އަދި ގދ. އަތޮޅަކީ ދަތުރުކުރުމަށް އުނދަގޫ ހިސާބެއް ކަމަށެވެ. އެހެންވެ އެ ދެ އަތޮޅުގައި މިހާރު ހަދަމުން އަންނަ ދެ އެއާޕޯޓުން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ދަތުރުފަތުރުގެ ކަންކަމަށް ބަލާއިރު އެންމެ އުނދަގޫ އެއް އަތޮޅު އެއީ...އެ ސަރަހައްދުގައި ދެ އެއާޕޯޓު ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. މާވަރުލާއި ފަރެސްމާތޮޑާ އެއާޕޯޓު. ގދ. އަތޮޅުގައި ވަރަށް ގިނަ ރަށްތައް އެބަހުރި ޓޫރިޒަމަށް ތަރައްގީކުރެވޭނެ ރަށްތައް. އެކަމަކު ދަތުރުފަތުރުގެ ކަންތައްތަކާ ހެދި ވަރަށް އުނދަގޫވެފައި މި ހުންނަނީ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ އެއާޕޯޓު ނިމުމުން އެ ސަރަހައްދު އިތުރަށް ތަރައްގީވެ ޓޫރިޒަމް ތަރައްގީވާނެ ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓާއެކު މިހާރު އަށް އެއާޕޯޓެއް ހަދަމުން އެބަ ދެ އެވެ. އޭގެ ތެރެއިން ގިނަ ތަންތަން މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ޒަމީރަށް އޮތް ޔަގީންކަމަކީ ޕްރޮޖެކްޓްތައް އަވަސްވާނެކަން
ފުވައްމުލަކުގައި 500 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަނީ
އެފްރިކާ އިން ގަމަށް ނޮވެމްބަރު މަހު ދަތުރުތައް ފަށަނީ
އެއާޕޯޓު ހަދަން ހަވާލުކުރަނީ ފައިސާ ހަމަޖެހުނީމަ:ޒަމީރު
ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކުން އެމްޓީސީސީ އަށް
ވޯލްޑްކަޕާ ދިމާކޮށް ރަޝިޔާގައި ރާއްޖެ އިސްތިހާރު ކުރަނީ
އެއާޕޯޓަކާއި ސިޓީހޮޓަލަކާއެކު ފައިނުގައި ބޮޑު މަޝްރޫއެއް
މިދިޔަމަހު ޓޫރިސްޓުން އިތުރުވުމަކީ ކާމިޔާބީއެއް: ޒަމީރު
ޗައިނާގެ ޓޫރިސްޓުން މަދުވާ މައްސަލާގައި މަޝްވަރާކޮށްފި
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް