16 މާޗް 2018
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމަކީ ކާމިޔާބެއް ކަމަށާއި މި އަހަރުގެ ބާކީ މަސްތައް ވެސް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމަކީ ކާމިޔާބެއް ކަމަށާއި މި އަހަރުގެ ބާކީ މަސްތައް ވެސް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، މިދިޔަ މަހު ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 19 ޕަސެންޓް މައްޗަށް ޖެހުމާ ގުޅިގެން، "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޓޫރިސްޓުންގެ ހިތް ރާއްޖެ އަށް ޖެއްސޭނެ ފަދަ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ހާލަތު ޓްރެވެލް އެޖެންޓުންނާއި ޕަބްލިކް ރިލޭޝަންސް އެޖެންޓުންނާއި މީޑިއާތަކަށް އޮޅުން ފިލުވައި ދީގެން ރާއްޖެ ޕްރޮމޯޓް ކުރުން ވަރަށް ބޮޑަށް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން ޒަމީރު ދެއްވި އެވެ.
"ހަގީގަތުގައި މި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރި ކަމަށް ވިޔަސް އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރަނީ ވަކިވަކި ރިސޯޓުތަކުން. އެ ރިސޯޓަކުން އެތަނެއް ޕްރޮމޯޓް ކުރަން އެ ކުރަނީ ވަރަށް މުހިންމު މަސައްކަތެއް. ރާއްޖޭގެ ރިސޯޓުތައް ވާނެ ކަންނޭނގޭ އެގޮތަށް އެންމެ ވަރުގަދަ އަށް މަސައްކަތް ކުރާ ރިސޯޓުތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ޓޫރިޒަމް ކުރިއަރާނެ ކަމުގެ ޔަގީންކަން ސަރުކާރަށް ކުރިން ވެސް އެނގޭ ކަމަށެވެ. ސަބަބަކީ ޗައިނާގެ މާކެޓް އިތުރު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކުން މިދިޔަ އަހަރުގެ ފަހުކޮޅު ކުރި ބުރަ މަސައްކަތް ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ޕެޓާނަށް ބަލާ ކަމަށް ވަންޏާ މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް އަށް ޕަސެންޓުގެ ގްރޯތް އައިސްފައި ހުންނާނެ. މިދިޔަ އަހަރުގެ ކުރީކޮޅު ސާސްގެ މައްސަލަ ޖެހިގެން، ވަރަށް އެގްރެސިވް ކެމްޕެއިނެއް ކުރިއަށް ގެންދިޔައީ. ޔޫރަޕްގެ ހޫނު މޫސުން ނިމެމުން އައި އިރު ވެސް ވަރަށް ބުރަކޮށް [ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުން] މަސައްކަތް ކުރި. ރިސޯޓުތަކުން ވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވޭ. އޭގެ ނަތީޖާ މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރާއި މި އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީގައި މި ފެނުނީ،" ޓޫރިޒަމް ފަހަތަށް ނުދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 144،286 ޓޫރިސްޓުން އަ އެވެ.
ޒަމީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ނިމި، އިތުރު ޓޫރިސްޓުން ގެނައުމުގެ ފުރުސަތު ލިބޭނެތީ، ރާއްޖޭގެ ޓޫރިޒަމް މާކެޓު ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް މިދިޔަ އަހަރު ވަނީ ކޮށްފަ އެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ އިދާރާއެއް ރައީސް އަބްދުﷲ ޔާމީން އުފެއްދެވުމުން، ރާއްޖެއާ ގުޅޭ ނެގެޓިވް ކެމްޕެއިންތަކާ ދެކޮޅަށް ސަރުކާރަށް މަސައްކަތް ކުރުމުގެ ފުރުސަތު މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ލިބުމަކީ ވެސް ވެސް ޓޫރިޒަމްގެ ސިނާއަތަށް ލިބުުނު ހެޔޮ ފާލެއް ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގައި ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވޭ.---ފޮޓޯ: މިހާރު
"އެހެންވެ، ޓޫރިޒަމްގައި އަޅުގަނޑުމެންގެ ފޯކާސްޓް ވެސް ފެނިފައި ހުރީ ރަނގަޅަށް. އެހެންވެ އަހަރުގެ ފުރަތަމަ ދެ މަހު މި ކާމިޔާބީ ލިބުނީ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އޭގެ އަސަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑަށް ކުރި އެވެ. ޚާއްސަކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރިސޯޓުތަކުގެ ބުކިންސް ކެންސަލް ކުރުން ވަރަށް ބޮޑަށް މައްޗަށް ދިޔަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް، ކަންކަން އޮޅުން ފިލުވައިދީ، ރިސޯޓުތަކުން ކުރި ބުރަ މަސައްކަތުން ކުއްލި ނުރައްކަލުގެ ހާލަތުން ޓޫރިޒަމްގެ ސިނާއަތަށް ކުރާ އަސަރު ކުޑަ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަން ކުރިއަށް އޮތް ދުވަސްވަރު ފެށޭއިރު އަސަރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މޮނީޓަ ކުރުން ވެސް ހަރުދަނާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އެންމެ ފަހުން ބޭއްވި އައިޓީބީ ބާލިން ފެއާގައި ވެސް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން އާ އެއާލައިންތަކުން ރާއްޖެ އަށް ވަރަށް އަވަހަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު، އިތުރު އެއާލައިންތަކުން ރާއްޖެ އަށް ދަތުރު ފެށުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
ޓޫރިސްޓުންގެ ތަފާސްހިސާބު އާއްމު ނުކުރާތީ ކަންބޮޑުވަނީ
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި
ތިން މަސް ނުވަނީސް ބައި މިލިއަން ޓޫރިސްޓުން
މިއަދަކީ ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސް