03 އޮކްޓޯބަރ 2016
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތަފާސްހިސާބުތައް މަހުން މަހަށް ޓޫރިޒަމް މިނިސްޓްރީން އާއްމު ނުކުރާތާ ދެ މަސްވުމުން، އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތަފާސްހިސާބުތައް މަހުން މަހަށް ޓޫރިޒަމް މިނިސްޓްރީން އާއްމު ނުކުރާތާ ދެ މަސްވުމުން، އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން 2010 ވަނަ އަހަރުން ފެށިގެން މަހަކު އެއްފަހަރު އާއްމުކުރަމުން އަންނަ ތަފާސްހިސާބުތައް މިދިޔަ ޖުލައި މަހުގެ ފަހުން އާންމެއް ނުކުރެ އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމާ މޫސާ ޒަމީރު ހަވާލުވެވަޑައިގަތުމުގެ ކުރިން، އާއްމު ގޮތެއްގައި ކޮންމެ މަހެއްގެ ކުރީކޮޅު، އޭގެ ކުރީ މަހުގެ ތަފާސްހިސާބުތައް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރެ އެވެ. ނަމަވެސް ފަހަކަށް އައިސް މި ތަފާސްހިސާބުތައް އާއްމުކޮށްފައި ވަނީ މަހުގެ ފަހުކޮޅު އެވެ.
"މިހާރު"އާ ވާހަކަ ދެއްކި ބައެއް ޓްރެވަލް އެޖެންސީތަކުން ބުނިގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދާއި އޮކިއުޕަންސީ ރޭޓާއި ރާއްޖޭގައި އެވްރެޖްކޮށް ހޭދަކުރި މުއްދަތު ފަދަ ތަފާސްހިސާބުތަކަކީ އިންޑަސްޓްރީގެ ހާލަތު ދެނެގަނެ އަދި މާކެޓިން އަށާއި އެނޫން ވެސް ކަންތައްތަކަށް ވަރަށް މުހިންމު މައުލޫމާތެވެ. އެކަމަކު ފަހަކަށް އައިސް އެ މައުލޫމާތު އާއްމުކުރުން ލަސްވެ، ބައެއް މަސްތަކުގައި އާއްމު ނުކުރުމުގެ ސަބަބުން އިންޑިސްޓްރީގެ ހާލަތު ނޭނގޭތީ ކަންބޮޑުވާ ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.
"އަޅުގަނޑުމެންނަށް މިއިވެނީ މިފަހަކަށް އައިސް ދަށްނުވާ މިންވަރަށް އެރައިވަލް ދަށްވާ ވާހަކަ. އެކަމަކު ބޭރުގެ ފަރާތްތަކުން ވެސް ގަބޫލުކުރާނީ ރަސްމީ ފަރާތްތަކުން އާއްމުކުރާ މައުލޫމާތު،" ޓްރެވަލް އެޖެންސީއަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގިނަ އެއާލައިންތަކެއް ރާއްޖެއަށް އޮޕަރޭޓްކުރާ ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މައުލޫމާތު މަހުން މަހަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ އެއާލައިންތަކުން ރާއްޖެއަށް ބޭނުންވާ ފެއާތައް ހެދުމަށް އާއްމުކޮށް ބޭނުންކުރާ މައުލޫމާތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ އިތުރުން އެއާ ޝޯތަކަށް ގޮސް ޑެސްޓިނޭޝަން ޕްރޮމޯޓްކުރަން ވެސް އެ ތަފާސްހިސާބުތައް ބޭނުންކުރޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ މައުލޫމާތު މަހުން މަހަށް އާއްމު ނުކުރެވި ލަސްވަނީ ކީއްވެގެން ކަމެއް ޓޫރިޒަމް މިނިސްޓްރީން ނުބުނެ އެވެ.
މިދިޔަމަހު ޓޫރިސްޓުން އިތުރުވުމަކީ ކާމިޔާބީއެއް: ޒަމީރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި
ތިން މަސް ނުވަނީސް ބައި މިލިއަން ޓޫރިސްޓުން
މިއަދަކީ ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސް