Roadha Mihaaru
އެއާޕޯޓަކާއި ސިޓީހޮޓަލަކާއެކު ފައިނުގައި ބޮޑު މަޝްރޫއެއް

އެއާޕޯޓަކާއި ސިޓީ ހޮޓަލަކާ އެކު ފައިނުގައި ބޮޑު މަޝްރޫއެއް ހިންގަނީ

19 އެޕްރީލް 2018

ރ. ފައިނުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލަކާ އެކު ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފި އެވެ.

ރ. ފައިނުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލަކާ އެކު ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފި އެވެ.

މި މަޝްރޫއުގައި، ގިނަ ކަންކަން ހިމަނައި، އެކަންކަން ކުރިއަށް ގެންދަން ރައީސް އޮފީހުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް އަންގައިފަ އެވެ. އާބާދީގައި 500 މީހުން ހިމެނޭ ފައިނަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އުފަން ރަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު "މިހާރު" އަށް ވިދާޅުވީ ފައިނުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލެއް ހިންގުން ހަވާލުކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސްއާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން އެ ކުންފުންޏާ އެކު ވާހަކަ ދައްކައި، އެއާޕޯޓާއި ސިޓީ ހޮޓަލުގެ ކުރެހުންތައް އަންނަ ހަފުތާގައި ފައިނަލް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު، މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ފައިނުގައި އެހާ ބޮޑު މަޝްރޫއެއް ހިންގަން ނިންމީ، އެއީ ރިސޯޓުތައް ހިންގާ ސަރަހައްދަކަށް ވުމުގެ އިތުރުން ރ. އަތޮޅަކީ ބޮޑު އާބާދީއެއް އޮންނަ އަތޮޅަކަށް ވާތީ އެވެ. ރ. އަތޮޅުގެ އާބާދީ އަކީ 24،000 އެވެ.

ރ. ފައިނު: އެ ރަށުގައި އެއާޕޯޓަކާއި ސިޓީ ހޮޓާ ހިންގުމުގެ މަޝްރޫއު ހަވާލުކުރާ ގޮތަށް އޮތީ އައިލެންޑް އޭވިއޭޝަނާ.

ރ. ފައިނު: އެ ރަށުގައި އެއާޕޯޓަކާއި ސިޓީ ހޮޓާ ހިންގުމުގެ މަޝްރޫއު ހަވާލުކުރާ ގޮތަށް އޮތީ އައިލެންޑް އޭވިއޭޝަނާ.

އެއާޕޯޓު އަޅަން ފައިނުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވެ އެވެ. އޭގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިން ސެންޓަރަކާއި ކާގޯ ވިލެޖެއް ވެސް ތަރައްގީ ކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ފައިނުގައި ސިޓީ ހޮޓާ ވެސް ތަރައްގީ ކުރާނީ، މުޅިން ތަފާތު، ޓޫރިސްޓުންނާ ގުޅޭ ކޮންސެޕްޓަކަށް ކަމަށެވެ. އެގޮތުން، އެ ހޮޓަލުގެ ބައެއް އަޔުރުވެދިކް ޓްރީޓްމެންޓަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޒަމާނީ ގިނަ ފެސިލިޓީސްތައް އެ ހޮޓަލުގައި ހުންނާނެ. އޭގެ ތެރޭގައި އަޔުރެދިކް ޓްރީޓްމެންޓާއި ރިހެބިލިޓޭޓިވް ޓްރީޓްމެންޓް ވެސް ހިމެނޭނެ. މިސާލަކަށް، ތަފާތު ސާޖަރީތައް ހަދައިގެން ރީހެބިލިޓޭޓް ވުމަށް އަންނަ މީހުންނަށް ވެސް ޓްރީޓް ކުރެވޭ ގޮތަށް އެ ހޮޓާ ތަރައްގީ ކުރާނީ،" ޒަމީރު ވިދާޅުވި އެވެ.