28 މެއި 2018
ހއ. މާފިނޮޅުގައި ތަރައްގީކުރާ "ހޯރަފުށީ" އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.
ހއ. މާފިނޮޅުގައި ތަރައްގީކުރާ "ހޯރަފުށީ" އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.
އެކަމާ ގުޅޭ ލިޔުންތަކުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީސީސީގެ އިސް ވެރިން ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓްރީގަ އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މާފިނޮޅުގައި އެއާޕޯޓް ތަރައްގީ ކުރަން ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) އާއި އެހެނިހެން ސާވޭތަކުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އީއައިއޭ އަށް ހުއްދަ ލިބުމާ އެކު، ބިން ހިއްކުމުގެ މަސައްކަތް ފަށައިގަނެވޭ ވަރަށް ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން މާފިނޮޅާއި ހޯރަފުށި ގުޅާލަން ހަމަޖެހިފައި ނުވާ ކަމަށާއި، އެމްޓީސީސީން ހިއްކާނީ ރަންވޭ އާއި އެއާޕޯޓް އަޅަން ބޭނުންވާ ބިން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް، އެ ރަށްރަށަކީ އައިހެވަން ޕްރޮޖެކްޓުގެ ދަށުން ހިއްކައިގެން ގުޅުވާލަން ހަމަޖެހިފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާފިނޮޅާ ހޯރަފުއްޓާ އެއީ ވަރަށް ކައިރި، ގާތްގަނޑަކަށް ދެ ކިލޯމީޓަރު ހުންނަ ތަނެއް... މި ސަރަހައްދުގައި އައިހެވަން ޕްރޮޖެކްޓް މި ހިމެނެނީ. އެހެންވީމަ އައިހެވަން ޕްރޮޖެކްޓް ފެށުމުގެ ކުރިން ވެސް މި ވަގުތަށް މިހާރު ކޮންމެހެން ބޭނުންވާ ކަމެއް ވީމަ (އެއާޕޯޓް އަޅަން) މި ފަށަނީ. އެހެންވީމަ ސަރުކާރުން އަދި ނިންމާނެ މިތަން ގުޅުވާނީ ކިހިނެއްތޯ. ކޮންމެހެން ވެސް އެތަން ހިއްކާއިރު އެތާ ކައިިރި ސަރަހައްދުން ވެލި ނަގަން ޖެހޭ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާފިނޮޅު އެއާޕޯޓް ބޭނުންކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް އެ ރަށުގައި ބަނދަރެއް ހަދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ކޮންމެ ރަށަކުން ވެސް ލޯންޗެއްގައި 30 މިނެޓުން ދެވޭހާ ކައިރީގައި އެއާޕޯޓެއް ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އައިހެވަން ޕްރޮޖެކްޓް އޮތް ގޮތުން، އެ ސަރަހައްދު ހިއްކިގެން ދާއިރު ގުޅިގެން ދާނެ ސަރަހައްދުތަކެއް އެއީ (މާފިނޮޅާއި، ހޯރަފުއްޓަކީ). އެހެންވީމަ، އެ ގޮތަށް އަޅުގަނޑުމެންގެ ވިސްނިން މި ވަގުތު މިހުރީ. މި ވަގުތަށް އަޅުގަނޑުމެން މި ފަށައިގަންނަނީ، އެމްޓީސީސީ ކޮންޓްރެކްޓުގަ މި ހަވާލު ކުރަނީ އެއާޕޯޓަށް ބޭނުންވާނެ ރަންވޭ އާއި އެއާޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކަން،" ޒަމީރު ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެނީ 16 ހެކްޓަރުގެ ބިން ހިއްކުމާއި އެ ސަރަހައްދުގެ ޝޯ ޕްރޮޓެކްޝަން ޖެހުން ކަމަށެވެ. އަދި މި ހުރިހާ ކަމަކަށް ލަފާކުރެވޭ އަގަކީ ޖީއެސްޓީއާ ނުލާ 64 މިލިޔަން ރުފިޔާ ކަމަށާއި، ނަމަވެސް ފައިނަލް އަގު އެނގޭނީ ސާވޭ ނިމުމުން ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން 203 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި މަހާޖައްރާފު މިހާރު އޮތީ ތިލަފުށީ ބިންހިއްކުމުގެ ޕްރޮޖެކްޓެއްގައި ކަމަށާއި، އެ ޕްރޮޖެކްޓް ނިމޭ ގޮތަށް ފުރާނީ މާފިނޮޅު ބިން ހިއްކަން ކަމަށް ޒިޔަތު ވިދާޅުވި އެވެ.
މަހާ ޖައްރާފުގެ ފުރަތަމަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ ހދ. ކުޅުދުއްފުށީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތެވެ. އެ މަސައްކަތް އެ ކުންފުނިން ވަނީ ޝެޑިއުލައާ އެއްގޮތަށް ނިންމާ، ސަރުކާރާ ހަވާލުކޮށްފަ އެވެ.
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހުރަސްތަކެއް
ފައިނު އެއާޕޯޓް އަޅަން އައިލެންޑް އޭވިއޭޝަނަށް
އެއާޕޯޓަކާއި ސިޓީހޮޓަލަކާއެކު ފައިނުގައި ބޮޑު މަޝްރޫއެއް
ކުޅުދުއްފުށި އެއާޕޯޓު ރަންވޭގެ މަސައްކަތް އެމްޓީސީސީއަށް
ރަށްފަޅުހުރާ ހިއްކައިގެން ވަރުގަދަ ތިން ރިސޯޓް
ފަސް ރަށެއްގައި އެއާޕޯޓް ހަދަން މެލޭޝިއާ ބަޔަކަށް ދީފި
20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ފަރެސްމާތޮޑާގައި
ހޯރަފުއްޓާއި މާވަރުލަށް ވެސް ރޭގަނޑު ދަތުރުތައް ފަށަނީ
ފަރެސްމާތޮޑާ އެއާޕޯޓުގެ 45 ވަޒީފާއަށް ހުޅުވާލައިފި
އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފި