Roadha Mihaaru
ފަރެސްމާތޮޑާ އެއާޕޯޓުގެ 45 ވަޒީފާއަށް ހުޅުވާލައިފި

ފަރެސްމާތޮޑާ އެއާޕޯޓުގެ 45 ވަޒީފާއަށް ހުޅުވާލައިފި

06 ފެބުރުއަރީ 2023

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ 45 ވަޒީފާއަކަށް މީހުން ހޯދަން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ 45 ވަޒީފާއަކަށް މީހުން ހޯދަން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ވަނީ އެއާޕޯޓު މެނޭޖަރާއި އޮޕަރޭޝަން އޮފިސަރުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި މަސައްކަތު މީހުންނާއި ސުޕަވައިޒަރުންނާއި މެއިންޓެންންސާއި ސެކިއުރިޓީ އާއި ފަޔާފައިޓަރުން ފަދަ ވަޒީފާތަކަށް ކުރިމަތިލަން ހުޅުވާލައިފަ އެވެ.

ގެޒެޓު ކުރި އެ އިއުލާނުގައިވާ ގޮތުން މި މަހުގެ 20 ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ ވަޒީފާތަކަށް ހުޅުވާލި އިރު އެ ތަން ހުޅުވުމުގެ ކުރިން ނިންމަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވަން ތާވަލު ކޮށްފައި ވަނީ އަންނަ މަހެވެ. އެ އެއާޕޯޓުގެ ގާތްގަނޑަކަށް 90 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.

އެ މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް ކުރުމާއި ސަބްބޭސްގެ މަސައްކަތް ކުރުމާއި ޓެކްސީވޭއަކާއި އޭޕްރަން ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ހަދާނެ އެވެ. ފަޔާ ބިލްޑިންގް އިމާރާތް ކުރުމާއި ޓާމިނަލް ބިލްޑިންއެއް ވަނީ ހަދައިފަ އެވެ.

އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ.

އެއާޕޯޓާ އެކު ފަރެސްމާތޮޑާގައި އަޅާ ބްރިޖްގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެ އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އެ ޕްރޮޖެކްޓަށް 145 މިލިއަން ރުފިޔާ ހޭދަކުރާ އިރު މަސައްކަތް ނިންމުމަށް ދިނީ އެއް އަހަރާއި 8 މަސް ދުވަހެވެ. މަސައްކަތް ނުނިމި ލަސްވީ، ޕްރޮޖެކްޓަށް ބޭނުންވާ ބައެއް ސާމާނުތައް ގެނައުމުގައި ލަސްތައް ދިމާވުމުން ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެ އެވެ.