12 ފެބުރުއަރީ 2018
ހދ. ކުޅުދުއްފުށީގައި ހަދާ އެއާޕޯޓުގެ ރަންވޭ މަސައްކަތްތައް، 53.9 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.
ހދ. ކުޅުދުއްފުށީގައި ހަދާ އެއާޕޯޓުގެ ރަންވޭ މަސައްކަތްތައް، 53.9 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރަންވޭ މަސައްކަތުގެ އިތުރުން، ޑިޒައިން އަދި ކޮންސަލްޓެންސީ ސާވިސް އާއި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނެރަލް ފަހު ސާމީ އަގީލް ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގައި ހަދާ ރަންވޭގެ ދިގުމިނުގައި 1.2 ކިލޯމީޓަރު ހުންނެ ކަމަށެވެ. އަދި ރަންވޭގެ މަސައްކަތް އެމްޓީސީސީން 160 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީން ނެވެ. އެ ކުންފުނިން ބަނދެގެން ގެނައި ކޮންނަ ބޯޓު "މަހާ ޖައްރާފް"ގެ ފުރަތަމަ މަސައްކަތުގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 53.4 މިލިޔަން ރުފިޔާ އަށެވެ.
ކުޅުދުއްފުށީ އެއާޕޯޓު ރަންވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރިއިރު، ސަރުކާރުން ވަނީ އެ ކަން އެމްއާރުޑީސީއާ ހަވާލު ކުރުމަށް ވެސް މަޝްވަރާ ކޮށްފަ އެވެ. އަދި ރީޖަނަލް އެއާޕޯޓްސް އިން ވަނީ އެ މަސައްކަތް ހަވާލު ކުރާނީ، އެމްޓީސީސީ އާއި އެމްއާރުޑީސީގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ކުންފުންޏަކާ ކަމަށް ވެސް ކުރިން ބުނެފަ އެވެ.
ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކުން އެމްޓީސީސީ އަށް
20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ފަރެސްމާތޮޑާގައި
ހޯރަފުއްޓާއި މާވަރުލަށް ވެސް ރޭގަނޑު ދަތުރުތައް ފަށަނީ
ފަރެސްމާތޮޑާ އެއާޕޯޓުގެ 45 ވަޒީފާއަށް ހުޅުވާލައިފި
އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފި
ފަރެސްމާތޮޑާ އެއާޕޯޓު ރަންވޭގެ 70 ޕަސެންޓް ނިމިއްޖެ
އާރްއޭސީގެ ޗެއާމަނަކަށް ބޭފުޅަކު ހަމަޖައްސައިފި
ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަނީ
ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހުރަސްތަކެއް
ކުޅުދުއްފުށީ އެއާޕޯޓު ހަދާނެ ބަޔަކު އަދި ނެތް