ގއ. ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓުތައް މިއަދު ޖައްސާނެ ކަމަށް، ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.
13 މާޗް 2023
ގއ. ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓުތައް މިއަދު ޖައްސާނެ ކަމަށް، ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.
މޯލްޑިވިއަން އިން ބުނީ ޓެސްޓު ފްލައިޓު ޖައްސާނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށެވެ. މިއަދު ޓެސްޓް ފްލައިޓް ޖެއްސިޔަސް، އެ އެއާޕޯޓް ރަސްމީކޮށް ހުޅުވަނީ އަންނަ ބުދަ ދުވަހު އެވެ.
އެ އެއާޕޯޓަށް ކޮމާޝަލް ފުރަތަމަ ދަތުރު ކުރުމަށް ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އޭގެ ފަހުން ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާޕޯޓަށް ބުދަ ދުވަހާއި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ދަތުރުކުރާ މީހުންނަށް ހާއްސަ ފެއާއެއް ކަނޑައަޅައިފަ އެވެ. އެ ދެ ދުވަހު އެރަށަށް ކޮޅަކަށް 1،574ރ. އަށް ދަތުރު ކުރެވޭނެ އެވެ. އެއީ އެރަށުގެ ޓިކެޓުން 50ރ. ކުޑަ އަގެއެކެވެ.
އެމްޓީސީސީން ހެދި ފަރެސްމާތޮޑާ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާފައިވެ އެވެ. އެ އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އެ ޕްރޮޖެކްޓަށް 145 މިލިއަން ރުފިޔާ ހޭދަކުރާ އިރު މަސައްކަތް ނިންމުމަށް ދިނީ އެއްއަހަރާ އަށް މަސް ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމި ލަސްވީ، ޕްރޮޖެކްޓަށް ބޭނުންވާ ބައެއް ސާމާނުތައް ގެނައުމުގައި ލަސްތައް ދިމާވުމުން ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެ އެވެ
ފަރެސްމާތޮޑާ އެއާޕޯޓުގެ 45 ވަޒީފާއަށް ހުޅުވާލައިފި
ފަރެސްމާތޮޑާގެ އެއާޕޯޓުގެ ބޮޑުބައި ނިންމާލައިފި
ފަރެސްމާތޮޑާ އެއާޕޯޓު ރަންވޭގެ 70 ޕަސެންޓް ނިމިއްޖެ
މަކުނުދޫ އެއާޕޯޓާއި ބިން ހިއްކުން އެމްޓީސީސީއަށް
ތުޅާދޫ އެއާޕޯޓް ބިން ހިއްކާ ގޮތަށް ބަދަލުތަކެއް
އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި
ތުޅާދޫ އެއާޕޯޓު ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ކައްދޫ/އައްޑޫ އޮފީހުން ޓިކެޓް ވިއްކުން ހުއްޓާލައިފި
މުލި އެއާޕޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 17 ގައި
މޯލްޑިވިއަންގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި