13 ނޮވެމްބަރ 2023
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުމަށް މި ސަރުކާރުން އިސްކަން ނުދިނުނުން ޕްރޮޖެކްޓަށް އިތުރަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުމަށް މި ސަރުކާރުން އިސްކަން ނުދިނުނުން ޕްރޮޖެކްޓަށް އިތުރަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ދިވެހިންގެރާއްޖެ" ޕްރޮގްރާމުގައި ޒަމީރު ވިދާޅުވީ، ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ، މުޅި ރާއްޖޭގެ އިގްތިސާދަށް އެކަމުގެ އެންމެ ބޮޑު ފައިދާ ވާނެ ކަން ކަމަށް އިގްތިސާދީ މާހިރު ވެސް ގަބޫލު ކުރައްވާނެ ކަމަށެވެ. އެކަމަކު އެކަން އޮތީ ވޭތުވެދިޔަ ފަސް އަހަރު ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށާއި، ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވެން އޮތީ އެއާޕޯޓު ބޮޑުގެން ކަމަށް ވިދާޅުވި އެވެ.
"އެއާޕޯޓު މަސައްކަތުގެ ބޮޑު ބައެއް އޮތީ ނިމިފައި. އެކަމަކު މިދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑަށް ހީވަނީ އެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފަހެން. އަޅަން ފަށާފައި ހުރި އިމާރާތުގައި އެހުރީ ފެހި ޖަހައިފަ މިހާރު. ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް އެބަވޭ އެކަމުން. މިހާރު އަޑު އަހައިފައި ވާގޮތުން ނަމަ 100 ވަރަކަށް މިލިއަން ޑޮލަރު ވަރު ރައްޔިތުންގެ އަތުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ، އެހާ ބޮޑު އަދަދެއް އިތުރަށް ހަރަދު ވަނީ މި ސަރުކާރުން އެ ޕްރޮޖެކްޓަށް ދިން އަހައްމިއްޔަތުކަން ކުޑަވީމަ ކަމަށެވެ.
މި ސަރުކާރާ ހިލާފަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި ޕްރޮޖެކްޓަށް ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ޒަމީރު ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓް ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަން އެނގިވަޑައިގަނެ އެވެ.
މުއިއްޒުގެ އަމާޒަކީ އަންނަ އަހަރުގެ ސީޒަނަށްވާ އިރަށް އެއާޕޯޓުގެ އާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމެވެ. އެ ޕްރޮޖެކްޓަށް ދާދި ފަހުން ވަނީ 80 މިލިއަން ޑޮލަރު އަބޫދާބީ ފަންޑުން ހަމަޖެހިފަ އެވެ.
"އެމަނިކުފާނަކީ ރާއްޖޭގައި ހުރި އިމާރާތް ކުރުމުގައި އެންމެ ތަޖުރިބާކާރު، އިލްމީ ގާބިލު ބޭފުޅާ. އެހެންމެ އެ ބޭފުޅާއަށް ވަރަށް ބޮޑަށް އެގިވަޑައިގަންނަވާނެ މި ގެންދަންޖެހޭ ގޮތް. ރާއްޖޭގައި ކުރަން ޖެހޭ ކަމަކީ އެންމެ ފުރަތަމަ ކަމަކަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓު މަސައްކަތް ނިންމައިފަ ހުޅުވުން،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ، އެއާޕޯޓު ހުޅުވޭ އިރަށް ބެޑް ކެޕޭސިޓީ އިތުރު ކުރަން މުހިއްމު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރު އޮތް އިރު ސައުތު އެފްރިކަން އެއާލައިނާއި ސްރީލަންކަން އެއާލައިން މެދުވެރިކޮށް އާ މަންޒިލްތަކަށް ދަތުރުތައް ކުރެވުނު ކަމަށެވެ. އެކަމަކު ފަހުން އެކަންކަން ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ.
އެފްރިކާ އިން ގަމަށް ނޮވެމްބަރު މަހު ދަތުރުތައް ފަށަނީ
ވޯލްޑްކަޕާ ދިމާކޮށް ރަޝިޔާގައި ރާއްޖެ އިސްތިހާރު ކުރަނީ
މިދިޔަމަހު ޓޫރިސްޓުން އިތުރުވުމަކީ ކާމިޔާބީއެއް: ޒަމީރު
ޓޫރިޒަމް ޕްރޮމޯޓްކުރަން 100މިލިއަން ރުފިޔާ ހޭދަކުރަނީ
"ގްރީން ޓެކްސް އިން ގެސްޓްހައުސްތަކަށް ކުރާނީ ފައިދާ"
ޓޫރިސްޓުންގެ ތަފާސްހިސާބު އާއްމު ނުކުރާތީ ކަންބޮޑުވަނީ
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް