ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ލަވަކިޔުންތެރިންގެ ހުނަރުތައް ދައްކާލަން "އޮލިމްފިއަންސް ވިތު ޔޫތު" ޝޯ އަލުން ބާއްވަން ނިންމައި ޓިކެޓު ވިއްކަން ފަށައިފި އެވެ.
13 ނޮވެމްބަރ 2024
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ލަވަކިޔުންތެރިންގެ ހުނަރުތައް ދައްކާލަން "އޮލިމްފިއަންސް ވިތު ޔޫތު" ޝޯ އަލުން ބާއްވަން ނިންމައި ޓިކެޓު ވިއްކަން ފަށައިފި އެވެ.
ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ކުރިއަށް ގެންދާ މި ޝޯ އޮންނާނީ މި މަހުގެ 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި ކުރީގެ ލަވަކިޔުންތެރިންނާއި ފަހުގެ ލަވަކިޔުންތެރިން ވެސް ފެންނާނެ މި ޝޯ ބޭއްވުމުގެ މަގްސަދަކީ އެއް ޕްލެޓްފޯމެއްގައި އެ އެންމެންގެ ހުށަހެޅުންތައް ދައްކުވައިދިނުމެވެ.
ޝޯގައި ފެނިގެންދާނެ ލަވަކިޔުންތެރިންގެ ތެރޭގައި ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ޝިފާ ތައުފީގާއި އަބްދުލް ރައޫފާއި ޒޫނާ އާއި އަހުމަދު އާމިރާއި އައިޝަތު އިނާޔާގެ އިތުރުން 80 ގެ އަހަރުތަކުގައި މަޝްހޫރުވި ޕެނަމާ ޝަފީގު ހިމެނެ އެވެ. އަދި ޒުވާން ތަރިންގެ ތެރޭގައި ޝަލަބީ އިބްރާހިމް އާއި އިންޝާ އާއި ރާޔާ އަދި ޖޫނީ އާއި ޝަމްވީލް ވެސް ހިމެނެ އެވެ.
މި އަހަރުގެ ޝޯ ކުރިއަށް ދާނީ ޖުމްލަ 28 ލަވަކިޔުންތެރިންނާ އެކު އެވެ. ވަރަށް ފޯރީގައި ޒަމާނުއްސުރެ ކުރިއަށް ގެންދިޔަ މި ޝޯ އެންމެ ފަހުން ބާއްވާފައި ވަނީ 2017 ގަ އެވެ.
OLYMPIANS WITH YOUTH LIVE IN CONCERT
— NCA (@NCA_MDV) November 12, 2024
" 5 DAYS TO GO - GET YOUR TICKETS ! " pic.twitter.com/2Ov7Zl9tPz
އޮލިމްޕަހުގައި ބާއްވާ މި ޝޯގެ ޓިކެޓު މިހާރު އަންނަނީ ވިއްކަމުންނެވެ. ޓިކެޓުގެ އަގު އުޅެނީ 200ރ. އާއި 250ރ. އާ ދެމެދުގަ އެވެ.
"އޮލިމްޕިއަންސް" އަކީ 70ގެ އަހަރުތަކުގައި މަޝްހޫރުވި މިއުޒިކް ބޭންޑެކެވެ. އޭރު ގަވައިދުން މާލޭގައި ޝޯތައް ވެސް ބޭއްވި މި ބޭންޑަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ މިއުޒިކް ބޭންޑުތަކުގެ ތެރޭގައި ހިމެނޭ ބޭންޑެކެވެ.
ފަންނާނުންގެ މިއުޒިކީ އީދު ޝޯ މި ފަހަރު އައްޑޫގައި
ފަލާހުގެ ވާހަކަ ކުށްވެރިކުރި މުވައްޒަފަކު ވަކިކޮށްފި
ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ދޭ އުސޫލު ނެރެފި
މިއުޒިކް އާޓިސްޓުންނަށް ތައިސޭކޮށި ދޫކުރަން ނިންމައިފި
ބޭވަފާތެރި ސީއީއޯ މަގާމުން އިސްތިއުފާ ދެއްވައިފި
ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް މި މަހު ނެރެނީ
"ޓޫ އޮފް އަސް" ބްރިޓެއިންސް ގޮޓް ޓެލެންޓަށް
އެމްއެމްސީއަށް ހޮވުނަސް މަގާމު ހަވާލުނުކޮށް ލަސްކުރަނީ
ބީޓީއެސްގެ އެނބުރި އައުން އަންނަ ސެޕްޓެމްބަރުގައި
ޔޫރޯވިޝަނުން އިޒުރޭލަށް ފުރުސަތު ނުދޭން ގޮވާލައިފި