Roadha Mihaaru

ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް މި މަހު ނެރެނީ، 22 ލަވަ ހިމެނޭ!

ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް "ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖް - ލައިވް" މި މަހު 18 ގައި ގެނެސްދޭން ނިންމައިފި އެވެ.

ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް މި މަހު ނެރެނީ

ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް "ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖް - ލައިވް" މި މަހު 18 ގައި ގެނެސްދޭން ނިންމައިފި އެވެ.

މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ވެރައިޓީން ރިޕޯޓްކުރި ގޮތުގައި، މި ލައިވް އަލްބަމް ރިލީޒްކުރަނީ މި މަހު 18 ގައި އެވެ.

މި ލައިވް އަލްބަމްގައި ހިމެނޭނީ ބީޓީއެސްގެ 2021 ވަނަ އަހަރު އޮންލައިން ޓުއާ "ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖު"ގެ ލަވަތައް ކަމަށާއި ޖުމްލަ 22 ލަވަ ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އޮންލައިން ޓުއާއެއްގެ ގޮތުގައި ފެށި ނަމަވެސް ފަހުން އެ ޓުއާގެ ސްޓޭޖު ޝޯތައް ސޯލް އާއި އެމެރިކާގެ ލޮސް އެންޖެލަސް އާއި ލާސް ވޭގަސްގައި ވެސް ބޭއްވި އެވެ. އެ ޝޯތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ މީޙުން ޓިކެޓު ގަތެވެ.

"ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖު - ލައިވް"ގައި ފުރަތަމަ ފަހަރަށް ބީޓީއެސްގެ މަޝްހޫރު ބައެއް ލަވަތައް ކަމަށްވާ "ޑައިނެމައިޓް" އާއި "ބަޓާ" އާއި "އޮން" އަދި "ބޯއީ ވިތު ލަވް" ކަހަލަ ލަވަތަކުގެ ލައިވް ވާޝަންތައް ބަލައިލަން ލިބޭނެ އެވެ. އެ އަލްބަމްގެ އޯޑިއޯ އަލްބަމް ވެސް ނެރެން ވަނީ ނިންމައިފަ އެވެ.

އެ އަލްބަމްގައި 141 މިނެޓުގެ ވީޑިއޯ އާއި 92 ސަފުހާގެ ފޮޓޯބުކްއަކާއި ބޭންޑުންގެ އިންޓަވިއުތަކާއި ބިހައިންޑް ދަ ސީންސްގެ ފޮޓޯތައް ވެސް ހުންނާނެ އެވެ.

އެ އަލްބަމްގެ ޕްރީ-އޯޑާ މިއަދު ފަށާނެ އެވެ.

ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ހުރިހާ މެމްބަރުން އަސްކަރީ ހިދުމަތުން ވީއްލުމާއެކު، އެ ބޭންޑުގެ ކަމްބެކް ޝޯ އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.