16 އޮކްޓޯބަރ 2024
ޒުވާން މިއުޒިކް ބޭންޑް "ރެވިއޯ"ގެ ފުރަތަމަ އަލްބަމަށް ލިބުނު ބޮޑު ތަރުހީބަށް ފަހު ދެވަނަ އަލްބަމް "ޑީއެންވީއާރް" ނެރެފި އެވެ.
ޒުވާން މިއުޒިކް ބޭންޑް "ރެވިއޯ"ގެ ފުރަތަމަ އަލްބަމަށް ލިބުނު ބޮޑު ތަރުހީބަށް ފަހު ދެވަނަ އަލްބަމް "ޑީއެންވީއާރް" ނެރެފި އެވެ.
މި އަލްބަމް ލޯންޗުކުރުމުގެ ގޮތުން މި މަހު ކުރީކޮޅު ހުޅުމާލޭގައި "ޕްލެނެޓް ރެވިއޯ"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި އެ ޝޯއަށް ގިނަ ބަޔަކު ދިޔަ އެވެ. އަދި އެއީ އެ ބޭންޑުން ބޭއްވި ފުރަތަމަ އަމިއްލަ ޝޯ އެވެ.
ރެވިއޯގެ އާ އަލްބަމް ލޯންޗުކުރުމަށް ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯ.-- ފޮޓޯ: ރިޒް.އޭޖޭ
އެ ބޭންޑުގެ ލީޑް ވޯކަލިސްޓް އަހުމަދު ހުމާމް (ޒޯލޯ) ބުނީ މިފަހަރުގެ އަލްބަމްގައި ހުންނާނީ ޒުވާނުންގެ ދިރިއުޅުމާ ގުޅޭ ލަވަތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ރީތިކަމުގެ ވާހަކަތައް ކިޔައިދޭ ލަވަތަކެއް ވެސް ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.
"މިއުޒިކަލީ އަލްބަމް މިފަހަރު ވަރަށް ބޮޑަށް ސިންތުވޭވް، ތަންކޮޅެއް ފީޗަރިސްޓިކް ފީލްއަކަށް ގެނެސްދިނީ. މިއީ ހަމަ ޕޮޕް ރޮކް އަލްބަމެއް،" އޭނާ ބުންޏެވެ.
ރެވިއޯގެ އާ އަލްބަމް ލޯންޗުކުރުމަށް ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯގައި ޒޯލޯ.-- ފޮޓޯ: ދާއި
"މިހާތަނަށް ލިބުނު ރިވިއުސްތަކަށް ބަލާއިރު، އެކި މީހުންނަށް އެކި ލަވަތައް ކަމުދިޔައީ. ގިނަ ބަޔަކަށް ކަމުދިޔަ އެއް ލަވައަކީ 'ވަށާވިޔޭ'، އެ ލަވަ."
މި އަލްބަމްގެ އެއް ލަވަ ކަމަށްވާ "ވޭ އުމުރަށް"ގެ މިއުޒިކް ވީޑިއޯ ވެސް އަލްބަމް ލޯންޗުކުރުމުގެ ކުރިން ވަނީ ގެނެސްދީފަ އެވެ. މި އަލްބަމްގައި ޖުމްލަ އަށް ލަވަ ހިމެނެ އެވެ.
ރެވިއޯގެ އާ އަލްބަމް ލޯންޗުކުރުމަށް ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯ.-- ފޮޓޯ: ރިޒް.އޭޖޭ
"ޑީއެންވީއާރް" އަލްބަމްގެ ހުރިހާ ލަވައެއް ސްޕޮޓިފައި އަދި ސައުންޑްކްލައުޑުން އަޑުއަހާލެވޭނެ އެވެ.
މީގެ ދެ އަހަރު ރެވިއޯ އިން ވަނީ "ކުރެހުން" ކިޔާ، ހަތް ލަވަ ހިމެނޭ އަލްބަމެއް ވެސް ގެނެސްދީފަ އެވެ. އެއީ އެ ބޭންޑުގެ ފުރަތަމަ އަލްބަމެވެ. އެ އަލްބަމަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
ރެވިއޯ އަކީ 2016 ވަނަ އަހަރު، އެ ބޭންޑްގެ ލީޑް ވޯކަލިސްޓް ޒޯލޯ އާއި އޭނާގެ އެކުވެރިޔާ ޖީމް ނިޔާޒް ގުޅިގެން އުފެއްދި ބޭންޑެކެވެ. އެ ބޭންޑުގައި ދެން ހިމެނެނީ ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް އާއި ކީބޯޑިސްޓް ހުސައިން ހިސާން އާއި ބޭސް ގިޓަރިސްޓް މުހައްމަދު އިނާން އާދިލް އެވެ.
ދުއާގެ ޝޯގައި ޝާހުގެ ލަވަޖެހުމުން ފޭނުން މޮޔަކޮށްލައިފި
އެޑް ޝީރަން އިންޑިއާގައި ހަ ޝޯ ބާއްވަނީ
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް
"ފެނި ފަތިހު ފިނީ"ގައި ޝަމްވީލް
"ކައިވެނި" ރިޒީލްކޮށްފި؛ ހިމެނެނީ ނަސޭހަތާއި އިރުޝާދު
ޓޯއީގެ އާ އަލްބަމް ސިމްބޮލިކްގެ ލަވަތަކާ ތަފާތުކޮށް
ޝައިހް ޒައިދް ކޮމްޕޯޒްކޮށް، ތާރައިގެ އަލްބަމެއް ނެރެނީ
އަނިޔާ: ޝިއާއުގެ ހަނދާނުގައި އަލްބަމެއް
އުނޫޝާގެ ނާނާ އަލްބަމް "އުދުހިލާ" ރިލީޒްކޮށްފި
ޑީޓިއުންގެ ލަވައަކުން އެސްޓީއޯގެ މަސައްކަތް ދައްކާލަނީ