27 އޮކްޓޯބަރ 2023
ޒުވާން ލަވަކިޔުންތެރިޔާ މުހައްމަދު ޝަމްވީލް (ބަރޯ)ގެ އާ މިއުޒިކް ވީޑިއޯ އިއްޔެ ރިލީޒްކޮށްފި އެވެ.
ޒުވާން ލަވަކިޔުންތެރިޔާ މުހައްމަދު ޝަމްވީލް (ބަރޯ)ގެ އާ މިއުޒިކް ވީޑިއޯ އިއްޔެ ރިލީޒްކޮށްފި އެވެ.
ޝަމްވީލް މިފަހަރު ގެނެސްދިނީ އަންތަރީސް ބޭންޑުގެ ލަވައެއް ކަމަށްވާ "ފިނި ފަތިހު ފިނިން"ގެ ރީމޭކެކެވެ. މި ލަވަ މިހާރު ވަނީ ޔޫޓިއުބްގައި އާންމުކޮށްފަ އެވެ.
މި ލަވަ ކިޔާފައި ވަނީ އޭނާ އެވެ. އަދި މިއުޒިކް ކޮމްޕޯޒް ކުރީ ސްޓަލްޒް އިންނެވެ.
ތަފާތު ނެށުންތަކެއް ފެންނަ މި ލަވައިގެ ނެށުމުގައި ބައިވެރިވެފައި ވަނީ "ވަންޝޮޓް އެންޓަޓެއިންމަންޓް" އާއި ދިވެހި ސަގާފީ ނެށުންތަކަށް މަޝްހޫރު "ބިދަބިން" ގްރޫޕްގެ ޒުވާން ނެށުންތެރިންނެވެ.
ޝަރަފުލް އަމީރް (ކުޑަ ރިޗާޑް) ޑައިރެކްޓުކޮށް އަދި ކޮރިއޯގްރެފީ ހަދާފައިވާ މި ލަވައިގެ ވީޑިއޯގެ މަސައްކަތް ކުރީ މާސްކޭ ސްޓޫޑިއޯ އިންނެވެ.
މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަމްވީލް އަންނަނީ ދޭތެރެއަކުން ތަފާތު މިއުޒިކް ވީޑިއޯތައް ގެނެސްދެމުންނެވެ. އޭގެ ތެރެއިން ވެސް އޭނާ ގެނެސްދޭ "މެޝްއަޕް" މިއުޒިކް ވީޑިއޯތަކަށް ގިނަ ބައެއްގެ ލޯބި ލިބެ އެވެ. މިހާތަނަށް އޭނާ ވަނީ ފަސް "މެޝްއަޕް" މިއުޒިކް ވީޑިއޯއެއް ގެނެސްދީފަ އެވެ.
ރެވިއޯގެ އާ އަލްބަމް "ޑީއެންވީއާރް"
ޑީޓިއުންގެ ލަވައަކުން އެސްޓީއޯގެ މަސައްކަތް ދައްކާލަނީ
ދުއާގެ ޝޯގައި ޝާހުގެ ލަވަޖެހުމުން ފޭނުން މޮޔަކޮށްލައިފި
އެޑް ޝީރަން އިންޑިއާގައި ހަ ޝޯ ބާއްވަނީ
އެޑެލްގެ އާ ލަވައެއް ދެން އަވަހަކަށް އަޑުނީވޭނެ
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް
ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި
ދިވެހި ލަވައެއްގައި މަލިކުގެ ފަންނާނުން
ޓޭލާގެ "އިރާސް ޓުއާ" އަށް އެއް ބިލިއަން ޑޮލަރު
ފޭނުން ގެ ކައިރިއަށް އެއްވާތީ ޖަންކޫކް ރުޅިގަދަވެއްޖެ