ދެކުނު ކޮރެއާގެ ރައީސްކަމުން ދުރުކޮށް ހައްޔަރުކޮށްފައިވާ ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން ވެސް ހައްޔަރުކޮށްފި އެވެ.
ދެކުނު ކޮރެއާގެ ރައީސްކަމުން ދުރުކޮށް ހައްޔަރުކޮށްފައިވާ ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން ވެސް ހައްޔަރުކޮށްފި އެވެ.
ސްޓޮކް އޮޅުވާލުމާއި ރިޝްވަތު ހިފުމުގެ ކުށުގެ ތުހުމަތުގައި ކިމް ކިއޯން ހީ، 52، ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ.
ނަމަވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބަލައި އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ވަނީ ދީފަ އެވެ.
މިއީ ދެކުނު ކޮރެއާގެ ތާރީހުގައި ވެސް ކުރީގެ ރައީސަކާއި އަނބިކަނބަލުން އެއްފަހަރާ ޖަލުގައި ބަންދުކުރި ފުރަތަމަ ފަހަރެވެ.
ކިމްގެ ފިރިކަލުން ބަންދުކޮށްފައި ވަނީ މިދިޔަ އަހަރު ގާނޫނުއަސާސީ ސަސްޕެންޑްކޮށް މާޝަލް ލޯ ހިންގަން ކުރަން ކުރި މަސައްކަތް ނާކާމިޔާބުވުވެ ސިޔާސީ ގޮތުން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި، އެންމެ ފަހުން އޭނާ މަގާމުން ދުރުކުރުމަށް ފަހުގަ އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ކުރީގެ ފަސްޓް ލޭޑީ ކިމް ވަނީ ދެކުނު ކޮރެއާގެ ބީއެމްޑަބްލިއު ޑީލަރެއް ކަމަށްވާ ޑޮއިޗް މޯޓާސްއާ ގުޅުން ހުރި ސްޓޮކްތަކުގެ އަގު އޮޅުވާލުމުގެ ސްކީމެއްގައި ބައިވެރިވެގެން 800 މިލިއަން ވޮން (577،940 ޑޮލަރު؛ 428،000 ޕައުންޑް) އަށް ވުރެ ބޮޑު އަދަދެއް ހޯދައިފަ އެވެ.
މިކަން ހިނގީ ފިރިކަލުންނަށް ރައީސްކަން ލިބިވަޑައިގަތުމުގެ ކުރިން ކަމަށް ބެލެވުނަސް، ވެރިކަމަށް މި ކަމުގެ ހިޔަނި އެޅުނު ކަމަށް ތުހުމަތުގައިވެ އެވެ. އަދި ޔުނިފިކޭޝަން ޗާޗުން ރިޝްވަތުގެ ގޮތުގައި ދެ ޝެނެލް އަތްދަބަހާއި ޖަވާހިރުގެ ދެ ފަށް ލިބުނު ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
އެހެން ތުހުމަތުތަކުގެ ތެރޭގައި 2022 ވަނަ އަހަރު ބޭއްވި ގާނުނުހަދާ މަޖިލީހުގެ ބައި އިލެކްޝަނާއި މިދިޔަ އަހަރު ބޭއްވި އިންތިހާބުގައި ކެންޑިޑޭޓުން ހޮވުމުގައި ނުފޫޒު ފޯރުވުން ވެސް ހިމެނެ އެވެ.
އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަށް ހާޒިރުވި އިރު ކިމް ފެނުނީ މާޔޫސްކޮށެވެ.
"އަޅުގަނޑަކީ މާ މުހިންމު މީހެއް ނޫނަސް އަޅުގަނޑުގެ ސަބަބުން ކުރިމަތިވި އުނދަގޫތަކަށްޓަކައި އިހުލާސްތެރިކަމާ އެކު މާފަށް އެދެން،" ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ވިދާޅުވި އެވެ.
ޖަންކޫކްގެ ގެޔަށް ވަންނަ އުޅެނިކޮށް ހިފަހައްޓައިފި
ކްލާހުގައި ފޯނު ބޭނުންކުރުން ކޮރެއާގައި މަނާކޮށްފި
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ތާރީހީ ރެކޯޑެއް!
ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް މި މަހު ނެރެނީ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ
ބީޓީއެސްގެ އެނބުރި އައުން އަންނަ ސެޕްޓެމްބަރުގައި
ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ޖަންކޫކްގެ ގެޔަށް ވަގަށް ވަންނަން އުޅެނިކޮށް ހައްޔަރު
ރޭޕްގެ ކުށް ސާބިތުވީ ދޮންނަމެޝިނެއްގެ ދޮރުގެ ހިޔަނިން