ދެކުނު ކޮރެއާ މަޝްހޫރު ހިޕްހޮޕް މިއުޒިކް ބޭންޑް ބީޓީއެސްގެ މެންބަރު ޖިން، އަންނަ މަހު އޭނާގެ ސޯލޯ އަލްބަމަކާ އެކު މިއުޒިކީ ދާއިރާއަށް އެނބުރި އަންނަ ކަމަށް އިއްޔެ އިއުލާންކޮށްފަ އެވެ.
ދެކުނު ކޮރެއާ މަޝްހޫރު ހިޕްހޮޕް މިއުޒިކް ބޭންޑް ބީޓީއެސްގެ މެންބަރު ޖިން، އަންނަ މަހު އޭނާގެ ސޯލޯ އަލްބަމަކާ އެކު މިއުޒިކީ ދާއިރާއަށް އެނބުރި އަންނަ ކަމަށް އިއްޔެ އިއުލާންކޮށްފަ އެވެ.
މިއީ، ޖިން ފުރަތަމަ އަމިއްލަ އަލްބަމެވެ. އަދި ކޮރެއާގެ އަސްކަރީ ހިދުމަތުން މި އަހަރު ކުރީކޮޅުގައި އޭނާ ވަކިވުމަށް ފަހު ނެރޭ ވެސް ފުރަތަމަ އަލްބަމެވެ.
ބީޓީއެސްގެ އޭޖެންސީ ބިގްހިޓް މިއުޒިކް އިން ނެރުނު ބަޔާނެއްގައި ބުނީ ޖިންގެ އެ އަލްބަމް އަންނަ މަހު ނެރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ޖިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ލައިވް ސެޝަނެއްގައި ނެޓްފްލިކްސްގެ ވެރައިޓީ ޝޯއެއްގައި ބައިވެރިވެފައިވާ ކަމަށް ވެސް ބުނެފަ އެވެ. އެ ޝޯ ޝޫޓްކުރަން 10 ދުވަސް ހޭދަކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ޖިން އަސްކަރީ ހިދުމަތުން ވަކިވީ މިދިޔަ ޖޫން މަހު އެވެ. މި އާ އަލްބަމްގެ ހަބަރާ އެކު، ބީޓީއެސްގެ ފޭނުންނަށް ވަނީ ވަރަށް ބޮޑު އުފަލެއް ލިބިފަ އެވެ.
ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް މި މަހު ނެރެނީ
ޖަންކޫކްގެ ގެޔަށް ވަންނަ އުޅެނިކޮށް ހިފަހައްޓައިފި
ކްލާހުގައި ފޯނު ބޭނުންކުރުން ކޮރެއާގައި މަނާކޮށްފި
ޓޭލާ ސްވިފްޓުގެ އާ އަލްބަމް އޮކްޓޯބަރުގައި ގެނެސްދެނީ
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ ދެކަނބަލުން ޖަލުގައި
ޖަސްޓިން ބީބާގެ ސަޕްރައިޒެއް؛ އާ އަލްބަމެއް!
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ތާރީހީ ރެކޯޑެއް!
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ
ބީޓީއެސްގެ އެނބުރި އައުން އަންނަ ސެޕްޓެމްބަރުގައި
ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ