Roadha Mihaaru

ބޭވަފާތެރި ސީއީއޯ މަގާމުން އިސްތިއުފާ ދެއްވައިފި

މަޝްހޫރު އިނގިރޭސި މިއުޒިކް ބޭންޑް ކޯލްޑްޕްލޭގެ ޝޯއަކުން ބޭޒާރުވި، ބޭވަފާތެރި ސީއީއޯ އެ މަގާމުން އިއްޔެ އިސްތިއުފާ ދެެއްވައިފި އެވެ.

ބޭވަފާތެރި ސީއީއޯ މަގާމުން އިސްތިއުފާ ދެއްވައިފި

މަޝްހޫރު އިނގިރޭސި މިއުޒިކް ބޭންޑް ކޯލްޑްޕްލޭގެ ޝޯއަކުން ބޭޒާރުވި، ބޭވަފާތެރި ސީއީއޯ އެ މަގާމުން އިއްޔެ އިސްތިއުފާ ދެެއްވައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެމެރިކާގެ ޓެކް ކުންފުންޏެއް ކަމަށްވާ އެސްޓްރޮނޮމާގެ ސީއީއޯ އޭންޑީ ބައިރޮން މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ކުންފުނީގެ ބޯޑަށް ހުށަހަޅުއްވައިފަ އެވެ. އަދި ބޯޑުން މިހާރު ވަނީ އެ ކުންފުންޏަށް އާ ސީއީއޯއަކު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ބައިރޮން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާގެ ފަރާތުން މިކަމާ ބެހޭ އެއްވެސް ބަޔާނެއް އަދި ނުނެރެ އެވެ.

އެސްޓްރޮނޮމާގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓް އާއި ބައިރޮންގެ ސިއްރު ގުޅުން ފަޅާއެރީ ބޮސްޓަންގެ ސްޓޭޑިއަމެއްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ކޯލްޑްޕްލޭގެ ޝޯއެއްގައި، އެ ޝޯ ބަލަން ގޮސް ތިބޭ ލޯބިވެރިން ދެއްކުމަށް ހާއްސަކޮށްފައި ހުންނަ "ކިސް ކެމް" ސްކްރީނަށް އެމީހުން އެރުވުމުންނެވެ. އެމީހުން ވަރަށް ގައިގޯޅިކޮށް ތިއްބައި ސްކްރީނަށް އެރުވުމާ އެކު ވަނީ އެކަކުއަނެކަކު ފޮޅާލައި ދުރަށް ޖެހިފަ އެވެ.

އޭންޑީ އާއި ކްރިސްޓެން ވެސް އުޅެނީ އެހެން މީހުންނާ ކައިވެނިކޮށްގެންނެވެ.

އެ ވީޑިއޯ މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ދެމީހުންނަށް އަމާޒުވި އެވެ.

ލިންކްޑިން އިން ލިބެންހުރި މައުލޫމާތުން އެނގޭ ގޮތުގައި، އޭންޑީއަކީ 2023 ވަނަ އަހަރުން ފެށިގެން އެސްޓްރޮނޮމާގެ ސީއީއޯ އެވެ. އަދި ކްރިސްޓެން އެ ކުންފުންޏާ ގުޅުނީ މީގެ ނުވަ މަސްދުވަސް ކުރިންނެވެ.