28 ސެޕްޓެމްބަރ 2024
އިނގިރޭސިވިލާތުގެ ރޮކް މިއުޒިކް ބޭންޑް "ކޯލްޑްޕްލޭ"ގެ މުމްބާއީގެ ޝޯތަކަށް ޓިކެޓް ވިއްކުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ މުމްބާއީގެ ހައި ކޯޓަށް ހުށަހަޅަން އިންޑިއާގެ ލޯފާމަކުން ނިންމައިފި އެވެ.
އިނގިރޭސިވިލާތުގެ ރޮކް މިއުޒިކް ބޭންޑް "ކޯލްޑްޕްލޭ"ގެ މުމްބާއީގެ ޝޯތަކަށް ޓިކެޓް ވިއްކުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ މުމްބާއީގެ ހައި ކޯޓަށް ހުށަހަޅަން އިންޑިއާގެ ލޯފާމަކުން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ޕާޓްނާ އޮފް ވަޓިސެސް ޕާޓްނާސް" ކިޔާ އެ ލޯފާމުން ވަނީ މި މައްސަލަ މުމްބާއީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އަދި އެ ލޯފާމުން މިހާރު އަންނަނީ މުމްބާއީގެ ހައި ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުންނެވެ،
ސްކޭމް ކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ހުށަހަޅަނީ "ކޯލްޑްޕްލޭ"ގެ މުމްބާއީގެ ޝޯތަކަށް ޓިކެޓް ވިއްކި "ބުކް މައި ޝޯ"އާ ދެކޮޅަށެވެ.
ލޯފާމްގެ ވެރިޔާ އަމިތު ވިޔާސް ބައެއް މީޑިއާތަކަށް ބުނީ "ބުކް މައި ޝޯ" އިން އޮންލައިކޮށް ޓިކެޓް ވިއްކަން ހުޅުވާލުމަށް ފަހު ބައެއް ޔޫޒާސްއަށް އެކްސެސް ނުވެވޭ ގޮތަށް ބްލޮކްކުރުމާއި އަދި އޮޓޯއިން އަވަސްއަވަހަށް ލޮގް އައުޓްވެވޭ ގޮތަށް ހެދި ކަމަށެވެ.
ބޮޓް އެކައުންޓްތަކަށް އެކްސެސް ވާނެ ގޮތަށް ހަދައި، ބްލެކް މާކެޓް އޮޕަރޭޓްކުރާ މީހުންނަށް ފަސޭހައިން ޓިކެޓް ލިބޭނެ ގޮތަށް ހެދި ކަމަށް ވެސް އޭނާ ތުހުމަތުކުރެ އެވެ.
އަމިތު ބުނީ ޓިކެޓް ވިކި ހުސްވި ކަމަށް "ބުކް މައި ޝޯ"ގެ ވެބްސައިޓުން ދައްކަން ފެށި ފަހުން، އެހެން ބައެއް ޕްލެޓްފޯމްތަކުގައި ބޮޑު އަގުގައި ޓިކެޓްތައް ރީސޭލަށް ހުޅުވާލާފައި ހުރި ކަމަށެވެ.
އެހެންވެ، އެއީ އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ކޯލްޑްޕްލޭ"ގެ ދެ ޝޯއަށް ޓިކެޓް ވިއްކަން މިދިޔަ އާދިއްތަ ދުވަހު ހުޅުވާލުމާ އެކު "ބުކް މައި ޝޯ"ގެ ވެބްސައިޓަށް ބާރުބޮޑުވެ، ވެބްސައިޓް ޑައުންވި އެވެ. އަދި ފަހުން ޓިކެޓް ގަތުމަށް ގިނަ ބަޔަކު ކިއުގައި ވެސް ތިއްބެވެ. މާ ގިނައިރުތަކެއް ނުވެ އެ ޝޯތަކުގެ ޓިކެޓް ވިކި ހުސްވި އެވެ. އަދި އޭގެ ފަހުން ހަމަ އެ ދުވަހު އިތުރު ޝޯއެއް އިއުލާންކޮށް ޓިކެޓް ވިއްކަން ހުޅުވާލި އެވެ. އެ ޝޯގެ ޓިކެޓްތައް ވެސް ގަޑިއިރެއް ނުވަނީސް ވިކި ހުސްވި އެވެ.
ހަތަރު މެމްބަރުންގެ އެ ބޭންޑުން މުމްބާއީގައި ޝޯތައް ބާއްވަނީ އަންނަ ޖެނުއަރީ މަހު 18 އާއި 19 އަދި 21 ގަ އެވެ.
ކޯލްޑްޕްލޭގެ އިތުރު ޝޯއެއް މުމްބާއީގައި ބާއްވަނީ
ކޯލްޑްޕްލޭގެ މިއުޒިކް ޝޯއެއް ޖެނުއަރީގައި މުމްބާއީގައި
އެޑް ޝިރަން ދެވަނަ ފަހަރަށް ބޮންބޭ އަށް
ދުއާގެ ޝޯގައި ޝާހުގެ ލަވަޖެހުމުން ފޭނުން މޮޔަކޮށްލައިފި
އެޑް ޝީރަން އިންޑިއާގައި ހަ ޝޯ ބާއްވަނީ
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޝަނަށް ރައީސް މުމްބާއީއަށް
މުމްބާއީގެ ކަނޑުއަޑީގެ ޓަނަލަށް މުއްތަލިބް ވަޑައިގެންފި
ޝާހުގެ އަންހެނުން ރެސްޓޯރެންޓެއް ހުޅުވައިފި
ޕަވަންދީޕާއި އަރުނީތާގެ ޝޯގެ ޓިކެޓު ވިއްކަން ފަށައިފި