Roadha Mihaaru

ކޯލްޑްޕްލޭގެ ޝޯއަކުން ބޭވަފާތެރި ސީއީއޯއަކާއި އޭނާގެ މުވައްޒަފަކު ބޭޒާރުވެއްޖެ

މަޝްހޫރު އިނގިރޭސި މިއުޒިކް ބޭންޑް ކޯލްޑްޕްލޭގެ ޝޯއަކުން އެމެރިކާގެ ޓެކް ކުންފުންޏެއްގެ ބޭވަފާތެރި ސީއީއޯއަކާއި އޭނާގެ މުވައްޒަފަކު ބޭޒާރުވެއްޖެ އެވެ.

ކޯލްޑްޕްލޭގެ ޝޯއަކުން ބޭވަފާތެރި ސީއީއޯއަކު ބޭޒާރުވެއްޖެ

މަޝްހޫރު އިނގިރޭސި މިއުޒިކް ބޭންޑް ކޯލްޑްޕްލޭގެ ޝޯއަކުން އެމެރިކާގެ ޓެކް ކުންފުންޏެއްގެ ބޭވަފާތެރި ސީއީއޯއަކާއި އޭނާގެ މުވައްޒަފަކު ބޭޒާރުވެއްޖެ އެވެ.

ބޭޒާރުވީ އެމެރިކާގެ ޓެކް ކުންފުންޏެއް ކަމަށްވާ އެސްޓްރޮނޮމާގެ ސީއީއޯ އޭންޑީ ބައިރޮން އާއި އެ ކުންފުނީގެ ޗީފް އެޗްއާރު އޮފިސަރު ކްރިސްޓިން ކެބޮޓް އެވެ.

އޭންޑީ އާއި ކްރިސްޓެން ވެސް އުޅެނީ އެހެން މީހުންނާ ކައިވެނިކޮށްގެންނެވެ.

އެމީހުން ބޭޒާރުވީ ބޮސްޓަންގެ ސްޓޭޑިއަމެއްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ކޯލްޑްޕްލޭގެ ޝޯއެއްގައި، އެ ޝޯ ބަލަން ގޮސް ތިބޭ ލޯބިވެރިން ދެއްކުމަށް ހާއްސަކޮށްފައި ހުންނަ "ކިސް ކެމް" ސްކްރީނަށް އެމީހުން އެރުވުމުންނެވެ. އެމީހުން ވަރަށް ގައިގޯޅިކޮށް ތިއްބައި ސްކްރީނަށް އެރުވުމާއެކު ވަނީ އެކަކުއަނެކަކު ފޮޅާލައި ދުރަށް ޖެހިފަ އެވެ.

އެ ވީޑިއޯ މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވެ، މިހާތަނަށް ވަނީ 50 މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ.

ލިންކްޑިން އިން ލިބެންހުރި މައުލޫމާތުން އެނގޭ ގޮތުގައި، އޭންޑީއަކީ 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ސީއީއޯ އެވެ. އަދި ކްރިސްޓެން އެ ކުންފުންޏާ ގުޅުނީ މީގެ ނުވަ މަސްދުވަސް ކުރިންނެވެ.

ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެމީހުންގެ ބޭވަފާތެރިކަމުގެ ވާހަކަދައްކައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އޭންޑީގެ އަންހެނުން މޭގަން ކްރީގެން މިހާރު ވަނީ އޭނާގެ ފޭސްބުކް އައިޑީގައި ބޭނުންކުރި އޭންޑީގެ އާއިލީ ނަން "ބައިރޮން" ފުހެލައިފަ އެވެ.