މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ފަހު، އެ މެމްބަރުންނާ މަގާމު ހަވާލުނުކޮށް ލަސްކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
25 ޖޫން 2025
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ފަހު، އެ މެމްބަރުންނާ މަގާމު ހަވާލުނުކޮށް ލަސްކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
ޔޫތު މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރީ އަދަދު ނޫހުގެ ލީވާން އަލީ ނަސީރާއި ދައުރު ނޫހުގެ މުޒައްޔިން ނާޒިމް އަދި އާންމުންގެ ތެރެއިން ހައްވާ ވަޖުދާ އެވެ.
މީޑިއާ ކައުންސިލުގެ ރައީސް ހުސެއިން ސަގީފް، "މިހާރު" އަށް ވިދާޅުވި ގޮތުގައި އާންމުކޮށް ހޮނިހިރު ދުވަހު އިންތިހާބު ބާއްވައިފި ނަމަ، އާދިއްތަ ދުވަހު، މަގާމަށް އެ މެމްބަރުން އައްޔަންކުރަން އަންގައި ސިޓީއެއް ފޮނުވަ އެވެ.
އެކަމަކު "ކޮންމެވެސް ކަމަކާ ހެދި" މިނިސްޓްރީން ލަސްކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ބައިވެރިވި އަމިއްލަ ކެންޑިޑޭޓަކު އޮތީ އެމްއެމްސީއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އިންތިހާބު ކާމިޔާބުކުރި ދެ މެމްބަރަކު ވެސް އެ މަގާމު ހަވާލުކުރުން ލަސްވެގެން އެކަން ސާފުކުރުމަށް އެމްއެމްސީއަށް ސިޓީ ފޮނުވާފައިވެ އެވެ.
އެ މައްސަލާގައި ސުވާލުކުރުމުން ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެންޑިޑޭޓަކު މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ހުށަހެޅީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި މައްސަލަ ހުށަހެޅީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި މުހައްމަދު އަމީން އެވެ. އޭނާއަށް އެ އިންތިހާބުގައި އެންމެ ވޯޓެއް ވެސް ނުލިބެ އެވެ. އޭނާ މައްސަލަ ހުށަހެޅީ ރީރަޖިސްޓްރޭޝަނަށް ފުރުސަތު ނުދީގެން ކަމާއި އެކަމުގައި ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައިވާ ކަމަށްވެ އެވެ.
ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް އިންތިހާބު ބާއްވާފައި ވަނީ ވެސް އެކަމަށް ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކަމަށް ވެފައި ނަތީޖާ ސާފުކޮށް އޮތް އިރު ވެސް އާ މެންބަރުންނަށް މަގާމުގެ ޒިންމާ އަދާކުރަން ފުރުސަތު ނުދީ އޮތުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
ނޫސްވެރިންގެ ހިމާޔަތަށް ބިލުގައި އެއްވެސް ކަމެއް ނެތް
ފަލާހުގެ ވާހަކަ ކުށްވެރިކުރި މުވައްޒަފަކު ވަކިކޮށްފި
"ނޫސްވެރިންގެ ކަންބޮޑުވުމަށް ދިނީ ބީރު ކަންފަތެއް"
މީޑިއާ ބިލް ބޭރުކުރަން އެމްއެމްސީން ވެސް ގޮވާލައިފި
ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ދޭ އުސޫލު ނެރެފި
ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން
ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި
ނަރީޝް، ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް
މީޑިއާ ކައުންސިލް މެމްބަރުކަމަށް ހުޅުވާލައިފި