މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އަހުމަދު ނަރީޝް، މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފި އެވެ.
16 މާޗް 2025
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އަހުމަދު ނަރީޝް، މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެޑްވައިޒަރެއްގެ މަގާމަށް ނަރީޝް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވިކަން ޔަގީން ކޮށްދެއްވައިފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކަށް އައްޔަން ކުރައްވައިފި ނަމަ އެ ބޭފުޅަކަށް މިނިސްޓަރެއްގެ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެ އެވެ. މިނިސްޓަރަކަށް މުސާރާ އާއި އެލަވަންސްގެ ގޮތުގައި މަހަކު 66،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
އިސްތިއުފާގެ ސިޓީއާއެކު ނަރީޝް މިދިޔަ ބުދަ ދުވަހު ވިދާޅުވީ، މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވެވަޑައިގަތީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓުގައި ނަރީޝް ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ޖޫން 21، 2021 ގަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުކަމުން ނަރީޝް އިސްތިއުފާ ދެއްވުމުން މިއަދު ވަނީ އެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް އިންތިހާބު ކޮށްފަ އެވެ.
ސިޔާސީ މަގާމުތަކުގައި ތިބެ ވަކާލާތު ނުކުރެވޭތީ ކޯޓަށް
ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1،200
ނަމްޒާ އާއި އާމިނަތު އެހެން ތަނަކަށް ބަދަލުކޮށްފި
މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި
ސިޔާސީ މަގާމުތައް މަދުކުރަން ފަށައިފި
ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި
ޔާމީންގެ ވަކީލް ސިޔާޒަށް އިކޮނޮމިކްގެ ސްޓޭޓްކަން
ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒު
ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އިން މައްޗަށް!
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށްފި