26 ނޮވެމްބަރ 2024
ސިޔާސީ މަގާމުތަކުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ސިޔާސީ މަގާމުތަކުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދައުލަތާ ދެކޮޅަށް މި މައްސަލަ ސުޕްރީމް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހެޅީ އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު ރާގިބު އަހްމަދެވެ.
ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މައްސަލައެއް ދައުވާލިބޭ މީހެއްގެ ގާނޫނީ ވަކީލަކެއްގެ ގޮތުން ދައުލަތާ ދެކޮޅަށް ރާގިބު ވަކާލާތު ކުރެއްވި މައްސަލައެއްގަ އެވެ.
ރާގިބު އިއްޔެ މަގާމުން ވަކިކޮށްފައިވަނީ ވެސް ރައީސް އޮފީހާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެއީ ގދ. ތިނަދޫގެ ސިޓީ ދަރަޖަ ބާތިލް ކުރަން އެދި ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެެވެ.
ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް މީގެކުރިން ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނަމަވެސް އޭގެފަހުން ކްރިމިނަލް ކޯޓުން ވަނީ ސިޔާސީ މަގާމެއްގައި ހުއްޓަސް، ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެވޭނެ ކަމަށް ކަނޑައަޅައި، ރާގިބަށް އެހެން މައްސަލައެއްގައި ވަކާލާތު ކުރުމުގެ ފުރުސަތު ދީފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ސަރުކާރުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށެވެ. އެފަދަ މަގާމެއްގައި ހުރި މީހެއްގެ އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ދައުލަތުގެ މަސްލަހަތު އިސްކުރުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރާގިބަކީ ކ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓެވެ. އޭނާ 2019 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ލަފާ ދިނުމާ އެކު އެވެ. އޭގެ ފަހުން ޕީޕީއެމްގެ ގާނޫނީ ޓީމުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް
"ކައުންސިލްތަކަށް އަމިއްލައަށް ކޯޓުތަކަށް ދެވޭނެ"
ކައުންސިލްތަކަށް ކޯޓަށް ނުދެވުން:ކޯޓުގައި ބަހުސެއް ނެތް
ކައުންސިލްތަކާ ގުޅޭ ހުކުމް އިސްތިއުނާފުކޮށްފި
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
އައިކޮމް ނިންމުންތައް ނުބަލަންކުރި ހުކުމް އިސްތިއުނާފަށް
ދީބާޖާގެ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ރިވިއު ލަސްވަނީ ފަނޑިޔާރުގެ އަށް ކުރާ ތުހުމަތާ ހެދި
އޭޖީ ދެއްކެވީ ގޯސްތަކެއް، 348 މިލިއަން ދޭން ދެކޮޅު
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!