08 މާޗް 2022
ބިމުގެ މައްސަލަތަކުގައި ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ނުކުރެވޭނެ ކަަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ބިމުގެ މައްސަލަތަކުގައި ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ނުކުރެވޭނެ ކަަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މުއައްސަސާތަކަކަށް ވިޔަސް، ހައި ކޯޓުން މިދިޔަ އަހަރު ނިންމީ ބިމުގެ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރެވޭނީ އެޓާނީ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ. އެގޮތަށް ނިންމީ އދ. ފެންފުށީ ބިމެއްގެ މައްސަލާގައި މީހަކު އެ ކައުންސިލާ ދެކޮޮޅަށް ދައުވާކުރި މައްސަލައެއްގަ އެވެ.
އެ ހުކުމް އެޓާނީ ޖެނެރަލްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނު އޮންނަ ގޮތުން ކައުންސިލްތަކަކީ ސަރުކާރާ ވަކިން އޮންނަ މިނިވަން ގާނޫނީ ޝަހްސުތަކެއް ކަމަށް ވާއިރު، ކައުންސިލްތަކުން ކޯޓުތަކުގައި ވަކާލާތު ކުރަންޖެހޭނީ އަމިއްލައަށް ކަމަށެވެ. އަދި އެޓާނީ ޖެނެރަލަކީ ސަރުކާރުގެ އެންމެ އިސް ވަކީލު ކަމަށް ވިޔަސް، އޭޖީގެ ފަރާތުން ކައުންސިލްތައް ތަމްސީލު ކުރަން ޖެހޭ ނަމަ އެކަމަކީ ކައުންސިލްތަކުގެ ބާރު ހަނިވެ، މަސްލަހަތު ފުށުއަރާފާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
"ކައުންސިލްތައް ތަމްސީލު ކުރާނީ އެ ކައުންސިލެއް އަމިއްލައަށް. ކައުންސިލުން ގާނޫނީ ވަކީލުން އައްޔަންކޮށްގެން ނުވަތަ ނުކޮށް،" ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓު ހުކުމުގައި އެގޮތަށް ކަނޑައެޅީ ގާނޫނު އަސާސީ އާއި ލާ މަރުކަޒީ ގާނޫނާ ޚިލާފަށް ކަމަށްވާތީ ހުކުމުގެ އެ ބައި ބާތިލްކުރާ ކަމަށެވެ.
ފަނޑިޔާރު ސުއޫދު ރިޔާސަތު ބެލެހެއްޓެވި އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
ކައުންސިލްތަކަށް ކޯޓަށް ނުދެވުން:ކޯޓުގައި ބަހުސެއް ނެތް
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
ކައުންސިލްތަކާ ގުޅޭ ހުކުމް އިސްތިއުނާފުކޮށްފި
ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ
ސިޔާސީ މަގާމުތަކުގައި ތިބެ ވަކާލާތު ނުކުރެވޭތީ ކޯޓަށް
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް
އައިކޮމް ނިންމުންތައް ނުބަލަންކުރި ހުކުމް އިސްތިއުނާފަށް
އަންހެނުންނަށް ވަކި ގޮނޑިތަކެއް: ހުއްދަ ތަފާތުކުރުމެއް
އަންހެނުންނަށް ގޮނޑި ޚާއްސަކުރުން ކޯޓުން ދަމަހައްޓައިފި
ކައުންސިލަރުން ސަސްޕެންޑްކުރި އުސޫލު ބާތިލް: ހައި ކޯޓް