މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
13 ޖުލައި 2025
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެމްއެމްސީން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީން 14 ދާއިރާއަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ. އެއީ؛
(1) ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
(2) އިޖުތިމާއީ ދާއިރާ
(3) ސިޔާސީ ދާއިރާ
(4) ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ
(5) ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
(6) ކުޅިވަރުގެ ދާއިރާ
(7) ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
(8) ޑޮކިއުމަންޓްރީގެ ދާއިރާ
(9) ފީޗާ ރިޕޯޓުގެ ދާއިރާ
(10) ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
(11) ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
(12) އުންމީދީ ނޫސްވެރިޔާގެ އިނާމު
(13) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
(14) ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
އެމްއެމްސީގެ ނޫސްވެރިކަމުގެ އިނާމު ދޭ އުސޫލުގައިވާ ގޮތުގައި، މިދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާކަން ކަށަވަރުކުރުމަށް މީޑިއާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް މި އިނާމަށް ނަން ހުށަހަޅާ ނޫސްވެރިން ފޯމާއެކު ހުށަހަޅަން ޖެހޭނެ އެވެ.
އެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށެވެ. ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ.
އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް ސަންގަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
އިނާމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ރައީސަށް ސިޓީއެއް
ނޫސްވެރިކަމުގެ އެވޯޑަށް 80 ހުށަހެޅުން
ނޫސްވެރިކަމުގެ އިނާމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"