10 ނޮވެމްބަރ 2024
މިދިޔަ ސަރުކާރުން ރައްޔިތުން ލައްވައި އެކި މަސައްކަތް ކުރުމަށް ފަހު ނުދީ، އެތައް މިލިއަން ރުފިޔާއެއް އެބަ ހުރި ކަމަށާއި އޭގެ ތެރެއިން ފަސް މިލިއަން ރުފިޔާ އަށް ވުރެން މަދުން ދޭން ޖެހޭ ހުރިހާ ބިލަކަށް ފައިސާ ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ ސަރުކާރުން ރައްޔިތުން ލައްވައި އެކި މަސައްކަތް ކުރުމަށް ފަހު ނުދީ، އެތައް މިލިއަން ރުފިޔާއެއް އެބަ ހުރި ކަމަށާއި އޭގެ ތެރެއިން ފަސް މިލިއަން ރުފިޔާ އަށް ވުރެން މަދުން ދޭން ޖެހޭ ހުރިހާ ބިލަކަށް ފައިސާ ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާ ބިލްތަކުގެ ތެރެއިން ފަސް މިލިއަނަށް ވުރެ މަދު އަދަދެއް އަރާފައިވާ ބިލްތަކެއް ހުރި ނަމަ، އެ ބިލުތަކުގެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މިހާރު ފަސް މިލިއަނުން ދަށުން ދޭން ހުރި ބިލްތައް، ފަސް މިލިއަނާ ހަމައަށް ނާރާ، ފަސް މިލިއަނުން ދަށުގެ ބިލެއް ވިއްޔާ 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައި ހުރި ނަމަ ފައިސާ ދީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެފަދަ ބިލްތަކަށް މިދިޔަ ހަފުތާގައި އެކަނި ވެސް 501 މިލިއަން ރުފިޔާ މިހާރު ވަނީ ޖަމާކޮށްދީފަ އެވެ.
ރައީސް ވިދާޅުވީ މިއީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ލައްވައި ކުރުވާފައިވާ އެކި މަސައްކަތްތަކަށް ދޫކުރި ފައިސާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އެފަދަ ފަރާތްތަކަށް 6.6 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
"މިދިޔަ 51 ހަފުތާއާ ދެ ދުވަސް ތެރޭގައި ޖުމްލަކޮށް 6.6 ބިލިއަން ރުފިޔާ އެސްއޯއީ ތަކަކަށް ނޫނޭ. އާންމު ކުދި މެދު ފަންތީގެ ވިޔަފާރިތައް ލައްވައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ދިން ފައިސާ،"
ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރު މަސައްކަތް ކުރަނީ ރައްޔިތުން މުއްސަނދި ކުރަމުން، ނުވަތަ އެ މީހުންނަށް ދޭން ޖެހޭ ފައިސާ ދެމުން އަދި ރައްޔިތުންނަށް ލިބެން ޖެހޭ ފައިސާ ވެސް ހޯދައިދިނުމަށެވެ.
މި ސަރުކާރު ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރު ނަމަވެސް މި ސަރުކާރުން 78 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކި ބޭނުންތަކަށް އެއިން ފައިސާ ނަގައި ފައިސާ ޖަމާކުރަމުން އަންނަ ކަމަށާއި އެ ފަންޑުގައިވާ ފައިސާ އިތުރުކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރަން ތަފާތު އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޗައިނާ އާއި އިންޑިއާ އެކު ސޮއި ކުރެވުނު އެކި އެއްބަސްވުންތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ބަންކަރިން ސާވިސް ފަށާފައިވާ އިރު، އިންޓަނޭޝަނަލް ފައިނޭންސިން ސާވިސް އޮތޯރިޓީއެއް ގާއިމްކޮށް އެކަމުގެ ބިލު ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އެއާ އެކު އިތުރު ދާއިރާއެއް އުފަން ވާނެ ކަމަށާއި އަދި ޑިޖިޓަލް ކަރަންސީ ތައާރަފްކުރުމުން ވެސް އިގްތިސާދަަށް ފައިދާވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކުވެރި ގައުމުތަކާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓުތަކާއި އެއާޕޯޓު މަޝްރޫއުގެ ސަބަބުން އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. ބާރު ސްޕީޑުގައި އިގްތިސާދީ އެޖެންޑާ ތަންފީޒުކުރަމުން އަންނަ ކަމަށާއި އެއާ އެކު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
އިގްތިސާދު ރަނގަޅު ކުރާނީ ފައިސާ ޗާޕުނުކޮށް: ރައީސް
ސިޔާސީ މީހުން ފަހައި ދުވާ މަންޒަރު ނުފެންނާނެ: ރައީސް
"ނުކެރިގެން ދޫކޮށްލި މައްސަލަތަކުގެ ނަތީޖާ ނެރެދޭނަން"
ބައްޕަގެ ފޮތަކީ ވެރިކަން ހިންގުމުގެ ނަމޫނާ: ރައީސް
މަތީ ދަރަޖަ ހޯދި ފަރާތްތަކަށް ރައީސް އިނާމު ދެއްވައިފި
ތައުލީމަށް ހިދުމަތްކުރުމުގެ މަތީ ޝަރަފު ޒާހިރަށް
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
މުސާރައިން 10 ޕަސެންޓް އުނިކުރަން ފަލާހު ނިންމަވައިފި
ރައީސްގެ މުސާރައިން 50 ޕަސެންޓް ނުނަގަން ނިންމަވައިފި