އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރު ގުޅިގެން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) އަކީ، ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅައިދޭނެ އިންގިލާބީ މަޝްރޫއުއަކަށް ވާނެ ކަމަށް ވިދާޅުވެ، އެ ތަސައްވުރަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ވެސް އެހީވާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރު ގުޅިގެން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) އަކީ، ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅައިދޭނެ އިންގިލާބީ މަޝްރޫއުއަކަށް ވާނެ ކަމަށް ވިދާޅުވެ، އެ ތަސައްވުރަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ވެސް އެހީވާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސްގެ ޝެއިހް ނާއިފް ބިން އީދު އަލް ސާނީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، 8.8 ބިލިއަން ޑޮލަރުގެ މި ސެންޓަރު ގާއިމުކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެކަމާ ގުޅިގެން، ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުއްސުރެން ފެށިގެން ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މިއީ އިންގިލާބީ ފިޔަވަޅެއް ކަމަށެވެ.
"ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭރުގެ އިންވެސްޓްމަންޓުތައް ލިބޭނެ ގޮތް ހެދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްއައިއެފްސީ އާ އެކު ދުނިޔޭގެ މާލީ ހަބެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އާ އީޖާދުތައް އުފަންވުމުން، ދިވެހި ޒުވާނުންނަށާއި ވިޔަފާރިތަކަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި އިންގިލާބީ ތަސައްވަރު، ހަގީގަތަކަށް ވާނެކަމާ މެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުހިނގާ،" އޭނާ ވިދާޅުވި އެވެ.
އެއާ އެކު، ގާސިމް ވަނީ ރައީސް މި ތަސައްވަރަށް ތާއީދުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.
780,000 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމް ކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ސަރަހައްދު ހުންނާނެ ގޮތުގެ 3ޑީ މޮޑެލް ދައްކާލަން ބެހެއްޓިފަ. މި މަޝްރޫއު ފަރުމާކޮށްފައިވަނީ، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ -- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ގާއިމުކުރާ ޖުމްލަ 780,000 އަކަމީޓަރުގެ މި ސަރަހައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތް ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތް ކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން، މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެ އެވެ.
މި ސެންޓަރު، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާއިރު، މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަ ކުރެވޭ މިންވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރު އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ހޯދުމެވެ.
އެމްއައިއެފްސީއަކީ މާލީ މުސްތަގުބަލަށް އިސް ނެގުން
8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރަނީ
ރާއްޖޭގެ ތަރައްގީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން!
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
9.4 ބިލިއަނަށް ޑެފިސިޓު ތިރިކުރަން އަމާޒު ހިފައިފި
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
އިގްތިސާދު ރަނގަޅު ކުރާނީ ފައިސާ ޗާޕުނުކޮށް: ރައީސް
5މިލިއަން ނާރާ ބިލަށް ފައިސާ ދީ ނިންމައިފިން: ރައީސް
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"