Roadha Mihaaru

ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި ތިން މެމްބަރުން އައްޔަންކޮށްފި

ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ ބޯޑަށް ޗެއާޕާސަނަކާއި ތިން މެމްބަރުން އިއްޔެ އައްޔަންކޮށްފި އެވެ. މީ މި މަހުގެ ކުރީކޮޅު އުފެއްދި ކުންފުނީގެ ބޯޑަށް ބޭފުޅުން އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ހަތަރު ބޭފުޅުން
އިފްރާޒް އަލީ
އިފްރާޒް އަލީ

30 ޖޫން 2025

ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ ބޯޑަށް ޗެއާޕާސަނަކާއި ތިން މެމްބަރުން އިއްޔެ އައްޔަންކޮށްފި އެވެ. މީ މި މަހުގެ ކުރީކޮޅު އުފެއްދި ކުންފުނީގެ ބޯޑަށް ބޭފުޅުން އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި މެމްބަރުގެ ގޮތުގައި ތިން ބޭފުޅަކު އިއްޔެ އައްޔަންކޮށްފައިވާ ކަމަށެވެ.

އެ ކުންފުނީގެ ޗެއާޕާސަނަކަށް އައްޔަންކުރީ މާލެ، ދަފްތަރު ނަންބަރު ރސ 8087، ފާތިމަތު ޝާހީނެވެ.

ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނަކީ؛

- އަހްމަދު ސިރާޖް، ވ. ސިނަމާލެ 4 40-2، މާލެ

- މުހައްމަދު ރިޔާޒް، ވ. ނަލަދުވެލި، މާލެ

- އާމިނަތު ސައުޝަން އަފީފް، ސުހާނާވިލާ، ސ. ފޭދޫ

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އެކުލެވޭ އެ ކުންފުނި އުފެއްދީ ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސް އާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތަށް، މާލީ ހިދުމަތްތެރިކަމުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވަން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ އޮފީހުން ބުނީ ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ވެސް މި ކުންފުނިން ކުރާނެ ކަމަށެވެ.