11 ނޮވެމްބަރ 2024
މި ސަރުކާރުގެ ވައުދާ އެއްގޮތަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިގްތިސާދު ހަމައަކަށް އަޅުވަމުން ގެންދަވަނީ ފައިސާ ޗާޕްނުކޮށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ވައުދާ އެއްގޮތަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިގްތިސާދު ހަމައަކަށް އަޅުވަމުން ގެންދަވަނީ ފައިސާ ޗާޕްނުކޮށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ.
ޖުމްހޫރީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރަށް "ވާރުތަވި އިގްތިސާދު" އޮތީ ދުވަހަކު ވެސް ރާއްޖެ ދަރަނިވެރި ނުވާ ވަރަށް ދަރަނިވެރިކޮށްލާފައި ކަމަށެވެ. ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ފައިސާގެ އަގު ވެއްޓިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މާލީ ހާލަތު މިހާ ގޯސްވެފައި އޮތް އިރު ވެސް، ރައީސް ވިދާޅުވި ގޮތުގައި، އެއް އަހަރު ހިފަހައްޓާލެއްވީ ފައިސާ ޗާޕްނުކޮށެވެ.
"އަޅުގަނޑު ވައުދުވީ ފައިސާ ޗާޕު ނުކުރާނަމޭ. 51 ހަފުތާ ދެ ދުވަސްވީ އަޅުގަނޑު ފައިސާ ޗާޕެއް ނުކުރަން. ކުރިއަށް އޮތްތާ ވެސް ފައިސާ ޗާޕެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފައިސާ ޗާޕުކޮށްގެން ޑެފިސިޓް ފައިނޭންސްކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފައި ވަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެކު ކަމަށާއި އެއާ އެކު އަންނަ އަހަރު ބައެއް އިސްލާހުތައް ވެސް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ ސަބްސިޑީގެ ނިޒާމާއި އާސަންދަ އާއި ޕެންޝަން އަދި އެެސްއޯއީތަކާ ގުޅޭ މުހިއްމު އިސްލާހުތައް ގެންނެވުމެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ބަދަލުތަކުގެ ސަބަބުން އެންމެ ނިކަމެތި އަދި އެންމެ މުހިއްމު މީހާއަށް މިހާރަށް ވުރެ ރަނގަޅަށް އެހީތެރިކަން ލިބޭ ގޮތަށް ނިޒާމުތައް ބަދަލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާ އެކު އެންމެ މުއްސަނދި މީހާގެ އަތުން ހޯދައި، އެންމެ ނިކެމަތި މީހާއަށް ލިބޭނެ ނިޒާމެއް ގާއިމުކޮށް، ހަމަހަމަ ކަމާ އަދުލުވެރިކަމާ އެކު އެންމެންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރެވޭނެ އެވެ.
އަންނަ އަހަރަށް ފާސްކުރި ބަޖެޓަކީ އެކަން ތަންފީޒުކުރުމަށް ހުށަހެޅި ބަޖެޓެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެެ.
"މުއްސަދިނގެ އަތުން ނަގައި ދީގެން އެންމެން ހަމަހަމަކޮށްލައި އަދުލުވެރިކުރުން. އެކަން ތަންފީޒުކުރަން ބަޖެޓް ހުށަހަޅާފައި އެ އޮތީ. އިރާދަކުރެއްވިއްޔާ ރައްޔިތުން މެމްބަރުން އެހީތެރިކަމާ އެކު އެކަންވާ ތަން ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް ލިބެން ޖެހޭ ފައިސާ ހޯދަން ގާނޫނާއި ގަވައިދުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. މިއަދާ ހަމައަށް އެކި ފަރާތްތަކުން ސަރުކާރަށް ދޭންޖެހޭ 3.1 ބިލިއަން ރުފިޔާ ސަރުކާރުން ހޯދާފައިވާ ކަމަށާއި އޭގެ ސަބަބުން ނަގަންޖެހޭ ދަރަނިތައް ވެސް މަދުވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް، ރާއްޖޭގެ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް މަތިކުރުމެވެ. އެ ޕްލޭންގެ ދަށުން ރާއްޖޭގެ އިގްތިސާދު ރިފޯމްކުރުމުގެ އެޖެންޑާއާ އެއްގޮތަށް އަންނަ އަހަަރުގެ ބަޖެޓު ހުށަހަޅާފައިވާއިރު މިއީ އުފެއްދުންތެރިކަން އިތުރުކޮށް ރައްޔިތުންގެ މުއްސަނދިކަން އިތުރުކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އާއްމުންނަށް ދޭން ޖެހޭ 6.6 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި މީހުން ލައްވައި އެކި މަސައްކަތްތައް ސަރުކާރުން ކުރުމަށް ފަހު، ނުދީ ހުރި ފަސް މިލިއަން ރުފިޔާއަށް ވުރެ މަދުން ދޭންޖެހޭ ހުރިހާ ބިލަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރު ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ވެސް ހުރީ ދެ މިލިއަން ޑޮލަރު ނަމަވެސް މި ސަރުކާރުން 78 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ވެސް ރައީސް ވިދާޅުވި އެވެ. އެކި ބޭނުންތަކަށް އެއިން ފައިސާ ނަގައި ފައިސާ ޖަމާކުރަމުން އަންނަ ކަމަށާއި އެ ފަންޑުގައިވާ ފައިސާ އިތުރުކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގަވަރުނަރު އަލީ ހާޝިމް ވަކިކޮށް، މަގާމަށް މުނައްވަރު
"ހަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ދަނީ ކުރަމުން"
ޑޮލަރު މާރުކުރާ ދެގޮތުން ވެސް ނަތީޖާ އެއްގޮތް: ރައީސް
ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނު ހެދުން މުހިންމު
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
"ފައިނޭންސިން ނުލިބިއްޖެނަމަ ރިޒާވަށް އަސަރުކުރާނެ"
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
5މިލިއަން ނާރާ ބިލަށް ފައިސާ ދީ ނިންމައިފިން: ރައީސް
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
"ހަކަތަ ޕްރޮޖެކްޓަށް 1.3 ބިލިއަން ޑޮލަރު ބޭނުންވޭ"